މަރުކަޒީ ބޭންކު، އެމްއެމްއޭ އިން، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާއާ ބެހޭ ސާވޭ، މާދަމާ ގްރޭޓާ މާލޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށްގެންދަން ނިންމައިފި އެވެ.
މި ސާވޭ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންނަށް އަމާޒުކޮށްގެންނެވެ. މިއީ ބެލެންސް އޮފް ޕޭމަންޓްސް ތަފާސްހިސާބުތައް ތައްޔާރުކުރުމަށް ބޭނުންވާ ޑޭޓާ ހޯދުމަށް ކުރިއަށް ގެންދާ ސާވޭއެއް ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
ސާވޭ މެދުވެރިކޮށް އެއްކުރެވޭ މައުލޫމާތުގެ ތެރޭގައި ބިދޭސީ މަސައްކަތްތެރިންގެ ފައިސާ ފޮނުވުމަށް ބޭނުންކުރާ ވަސީލަތްތައް، ފައިސާ ފޮނުވާ ފްރިކުއެންސީ، އަދި ފޮނުވާ ފައިސާގެ އަދަދުތައް ހިމެނެ އެވެ.
ފަރަށް އެރި ބޯޓަކުން ގެއްލުނު ދިވެއްސަކު ހޯދަނީ
ހަރަދު ކުޑަކުރަން ފިޔަވަޅު އަޅަން ކުންފުނިތަކަށް އަންގައިފި
