ލުބުނާނުގެ ދެކުނުގައި އިޒްރޭލުން ދެމުންދާ ހަމަލާތައް ކުރިއަށް އޮތް މަދު ގަޑިއިރުތަކެއްގެ ތެރޭގައި ނުހުއްޓައިފިނަމަ، އިޒްރޭލުގެ ވެރިރަށް ތެލް އަވީވަށް މިސައިލާއި ވައިގެ މަގުން ހަމަލާދޭނެ ކަމުގެ ވަރުގަދަ އިންޒާރެއް އީރާނުގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލުން ދީފި އެވެ.
އީރާނުގެ އިސް އޮފިޝަލަކު އަލްޖަޒީރާއަށް ވިދާޅުވީ، ލުބްނާނުގައި އިޒްރޭލުން ހިންގަމުންދާ ޖަރީމާތަކާއި، ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފުވުމުގެ ބަދަލު ހިފުމުގެ ގޮތުން އިޒްރޭލަށް އަދަބު ދޭނެ ކަމަށެވެ.
"ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަކީ މުޅި ސަރަހައްދަށް އޮތް އެއްބަސްވުމެއް، އިޒްރޭލަކީ ވައުދުތަކާ ހިލާފުވުމަށް މަޝްހޫރު ބައެއް، އެ މީހުން ހުއްޓުވޭނީ ހަމައެކަނި ވަޒަނުން،" އޮފިޝަލް ވިދާޅުވި އެވެ.
އީރާނުގެ ފާރްސް ނިއުސް އެޖެންސީން އަސްކަރީއާ ހަވާލާދީ ބުނި ގޮތުގައި އިޒްރޭލުން އެއްބަސްވުމާ ހިލާފުވަމުންދާތީ އެކަމަށް ރައްދު ދިނުމަށް އީރާނުން ދަނީ ތައްޔާރުވަމުންނެވެ. މިގޮތުން ކުރިއަށް އޮތް މަދު ގަޑިއިރުތަކެއްގެ ތެރޭގައި ހަމަލާތައް ނުހުއްޓައިފިނަމަ، އީރާނުގެ އެއާ އެންޑް މިސައިލް ޔުނިޓުން ތެލް އަވީވަށް އަމާޒުކޮށް ހަމަލާ ފޮނުވާލާނެ ކަމަށް އީރާނުގެ ސަލާމަތީ މަޖިލީހުން ވަނީ ބުނެފަ އެވެ.
މި ހާދިސާއާ ގުޅިގެން މެދުއިރުމަތީގެ މަސްރަހު ވަނީ ނުހަނު ބޮޑަށް ނުތަނަވަސްވެފަ އެވެ. އިސްރާއީލުން ލުބުނާނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން އީރާނުން ސީދާ ހަމަލާއެއް ދީފިނަމަ، މުޅި ސަރަހައްދުގައި ބޮޑު ހަނގުރާމައެއް ފެށިގެންދާނެ ކަމުގެ ބިރު ވަނީ ހީވެފަ އެވެ.
ގޭހުގެ އާ ޝިޕްމަންޓެއް އެސްޓީއޯއަށް ލިބިއްޖެ
ރައްޔިތުން މި ހުދުހުތާރުވެރިކަން ނިންމާނެ: އައްބާސް
ދައުވާތައް ކޯޓުން ބޭރު ކޮށްލުމުން ބްލޭކްގެ ރައްދެއް!