އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) ގެ ތަރުޖަމާނު، އެމެރިކާއާއި އިޒްރޭލަށް ވަރުގަދަ އިންޒާރެއް ދެއްވައި، އީރާނުގެ ފުޅާ އަދި އިސްތިރާތީޖީ ގާބިލުކަމާ ބެހޭގޮތުން އެ ދެ ގައުމަށް އެއްވެސް މައުލޫމާތެއް ނޭނގޭނެ ކަމަށް ވިދާޅުވެއްޖެ އެވެ.
އައިއާރުޖީސީގެ ތަރުޖަމާނު ވިދާޅުވީ އިޒްރޭލުން ހަމަލާދިން ކަމަށް ބުނާ މަރުކަޒުތަކަކީ އެއްވެސް މުހިންމުކަމެއް ނެތް ތަންތަން ކަމަށެވެ. އަދި އީރާނުގެ އިސްތިރާތީޖީ އަސްކަރީ އުފެއްދުންތައް އުފައްދަނީ އެމެރިކާއާއި އިޒްރޭލަށް ނޭނގޭ، އަދި ދުވަހަކު ވެސް އަތްނުފޯރާނެ ފަދަ ރައްކާތެރި ތަންތަނުގައި ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
"އަހަރެމެންގެ މިސައިލްތަކާއި، ޑްރޯންތަކާއި އަދި އިސްތިރާތީޖީ ވަސީލަތްތައް ތަކުގެ އަދަދު ކުރަން ނޫޅޭށެވެ. އެހެނީ ތިޔަބައިމީހުންނަށް ހެދެނީ ގޯހެކެވެ. އަދި އެކަމުން އެއްވެސް ނަތީޖާއެއް ނުނެރެވޭނެއެވެ. އެކަމާއި ގުޅޭ ކުޑަ މިންވަރެއް ވެސް ނޭނގޭނެ،" ތަރުޖަމާނު ވިދާޅުވި އެވެ.
މީގެ އިތުރުން، އީރާނުގެ މުސްލިމް އުންމަތާ ދެކޮޅަށް ފެށި އުދުވާނުގެ އަގު އެމެރިކާއާއި އިޒްރޭލުން ދައްކަން ޖެހޭނެ ކަމަށް ވެސް އައިއާރުޖީސީން ވަނީ ބުނެފަ އެވެ. މި އިންޒާރަކީ ސަރަހައްދީ ނުތަނަވަސްކަން އިތުރުވެފައިވާ ދަނޑިވަޅެއްގައި ދީފައިވާ އިންޒާރެކެވެ.
ހޯމް މިނިސްޓްރީއަށް ޕީއާރް މަސައްކަތް ކުރާނެ ބަޔަކު ހޯދަނީ
ދަރިން އޭއައި ބޭނުންކުރާ ގޮތާމެދު ސަމާލުވޭ!
ޓްރަމްޕް އަމާންދީ ހަނގުރާމަ ހުއްޓާލުމަށް ތައްޔާރުވަނީ