އީރާނަކީ ހަނގުރާމަ ކުރުމުގައި އެއްވެސް ހުނަރެއް ނެތް ބައެއް ކަމަށާއި، އެ ގައުމަކީ ހަމައެކަނި މަޝްވަރާކުރުމުގައި މޮޅު ބައެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ވައިޓް ހައުސްގައި ބޭއްވި ކެބިނެޓް ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ހީނުކުރާ ވަރުގެ ބޮޑެތި ކުރިއެރުންތަކެއް ލިބެމުންދާ ކަމަށެވެ.
އެމެރިކާ އާއި އިޒްރޭލް ގުޅިގެން އީރާނާ ދެކޮޅަށް ފެށި އަސްކަރީ ހަމަލާތަކަށް ގާތްގަނޑަކަށް މަހެއްވާން ކައިރިވެފައިވާއިރު، ޓްރަމްޕް ވިދާޅުވީ ހަނގުރާމަ ކުރިއަށްދަނީ ކުރިން ލަފާކުރި ތާވަލަށް ވުރެ މާ އަވަހަށް ކަމަށެވެ.
"އެމީހުންނަކީ ހަނގުރާމަވެރިންގެ ގޮތުގައި ދަށް ބައެއް، އެކަމަކު އެ މީހުންނަކީ މަޝްވަރާކުރުމުގައި ވަރަށް މޮޅު ބައެއް. އެމީހުން މިހާރު ތިބީ އެއްބަސްވުމަކަށް އައުމަށް އާދޭސްކުރާ ހާލަތުގައި،" ޓްރަމްޕް ވިދާޅުވި އެވެ.
ހޮރްމުޒް ކަނޑުއޮޅީގެ ސަލާމަތްތެރިކަން ބެލެހެއްޓުމަށް އެހީތެރިވުމަށް ނޭޓޯގެ ގައުމުތަކުން ދެކޮޅު ހެދުމުން ޓްރަމްޕް ވަނީ އެ ގައުމުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ވަކިން ހާއްސަކޮށް އިނގިރޭސިވިލާތުން އެހީތެރިކަން ފޯރުކޮށްދިނުމުގައި ލަސްވިކަން ފާހަގަކުރައްވައި، އެ ގައުމުގެ މަނަވަރުތަކަކީ އެމެރިކާގެ މަނަވަރުތަކާ އަޅާބަލާއިރު "ކުޅޭކުޅޭ އެއްޗެހި"ތަކެއްގެ ގޮތުގައި ޓްރަމްޕް ސިފަކުރެއްވި އެވެ.
މަޝްވަރާގެ މަރުހަލާއެމެރިކާގެ މަންދޫބު ސްޓީވް ވިޓްކޮފް މި ބައްދަލުވުމުގައި ކަށަވަރުކޮށްދެއްވި ގޮތުގައި، ޕާކިސްތާން މެދުވެރިކޮށް އީރާނަށް ވަނީ 15 ނުކުތާގެ "އެކްޝަން ލިސްޓެއް" ފޮނުވާފަ އެވެ.
ވިޓްކޮފް ވިދާޅުވީ އީރާނުން އެއްބަސްވުމަކަށް އައުމަށް ތައްޔާރަށް އޮތް ކަމުގެ ނިޝާންތައް ފެންނަމުންދާ ކަމަށެވެ. ނަމަވެސް އީރާނުން ބުނަމުންދަނީ އެމެރިކާއާއެކު ސީދާ އެއްވެސް މަޝްވަރާއެއް ކުރިއަށް ނުދާ ކަމަށެވެ.
މި ބައްދަލުވުމުގައި ޓްރަމްޕް އިތުރަށް ވިދާޅުވީ، އީރާނުގެ ސަރުކާރުން މިހާރު ބަލި ގަބޫލުކުރަމުންދާ ކަމަށާއި، ހަނގުރާމައިގެ މިޝަން ފުރިހަމަކުރުމަށް ލަފާކުރި މުއްދަތަށްވުރެ މާ އަވަހަށް ކަންކަން ހާސިލްވަމުންދާ ކަމަށެވެ. އަދި އީރާނުން ހެޔޮނިޔަތް ދެއްކުމުގެ ގޮތުން 10 ތެޔޮ ޓޭންކަރަކަށް ހޯމްޒް ކަނޑުއޮޅިން ދަތުރުކުރުމުގެ ފުރުސަތު ދީފައިވާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.
ޕްލާސްޓިކް ސާޖަރީ ހެދި ކަމަށް ފާޅުގައި އެއްބަސްވި ތަރިން!
މާ ގިނައިން ކަރު ހިއްކާނަމަ މިކަންކަމަށް ސަމާލުވޭ!