ދިރާގުގެ ފޯރިގަދަ 'ވިން 2 ސްޕީޑްބޯޓްސް' ޕްރޮމޯޝަންގެ ދަށުން ދޭ ފަހު ސްޕީޑްބޯޓް ހޯދުމުގެ ފުރުސަތު މި މަހުގެ ނިޔަލަށް ހަމަވާއިރު، މި ޕްރޮމޯޝަނަށް އެންރޯލްކުރުމަށް ބާކީ އޮތީ އެންމެ ހަތް ދުވަހެވެ. މިއީ މި ޕްރޮމޯޝަނަށް އެންރޯލްކުރުމަށް ލިބޭ އެންމެ ފަހު ފުރުސަތެވެ.
މި ޕްރޮމޯޝަނަށް ކުރިން އެންރޯލްކޮށްފައިވާ ކަސްޓަމަރުންނަށް ވެސް ދެވަނަ ބޯޓު ހާސިލުކުރުމުގެ ފުރުސަތު އެބައޮތެވެ. މި ކަސްޓަމަރުންނަށް އަލުން އެންރޯލްކުރާކަށް ނުޖެހޭނެއެވެ.
މި ޕްރޮމޯޝަންގެ ދަށުން އަލް ޝާލީ މެރިން ކެނެރީ 28 މޮޑެލްގެ ދެ ސްޕޯޓްސް ސްޕީޑްބޯޓް، ޔަމަހާ 250 ހޯސްޕަވަރުގެ އިންޖީނަކާއެކު ވަނީ ކަނޑައަޅައިފަ އެވެ. މި ހިތްގައިމު ސްޕީޑްބޯޓްތަކަކީ އެކި ކަންކަމަށް ބޭނުންކުރެވޭގޮތަށް ފަރުމާކޮށްފައިވާ ހިތްގައިމު ރީތި ސްޕީޑްބޯޓެކެވެ. މި ގޮތުން، މި ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރި ފަރާތައް ދިރާގުން ވަނީ ސްޕީޑްބޯޓް ހަވާލުކޮށްފަ އެވެ. އަދި، ދެވަނަ ސްޕީޑްބޯޓުގެ ނަސީބުވެރިޔާ އެނގިގެންދާނީ މި އަހަރުގެ ޖޫން މަހުގަ އެވެ.
ދިރާގުން ކުރިއަށްގެންދާ ފޯރިގަދަ 'ވިން 2 ސްޕީޑްބޯޓްސް' ޕްރޮމޯޝަންގައި ދިރާގު ޕްރީޕެއިޑް، ޕޯސްޓްޕެއިޑް، ލިމިޓެއްނެތް ފައިބާ ކަސްޓަމަރުންނަށް އަދި އަލަށް ދިރާގާ ގުޅޭ ކަސްޓަމަރުންނަށް ބައިވެރިވެވޭނެ އެވެ. މީގެ އިތުރުން، ދިރާގުޕޭއަށް ރަޖިސްޓަރީކުރާ ކަސްޓަމަރުންނަށް މި އަގުހުރި އިނާމު ހޯދުމުގެ ފުރުސަތު އިތުރުވެގެންދާނެ އެވެ.
މި ގޮތުން، ދިރާގު ޕްރީޕެއިޑް ޕްލޭންތަކަށް 450 ރުފިޔާ ނުވަތަ އެއަށްވުރެ އިތުރަށް ރީލޯޑްކުރާ ކަސްޓަމަރުން، ދިރާގު ޕޯސްޓްޕެއިޑް 450 ނުވަތަ އެއަށްވުރެ މަތީ ޕްލޭންތަކަށް، އަމިއްލަ ޕޯސްޓްޕެއިޑް ޕްލޭންއަކަށް 450 ރުފިޔާ ނުވަތަ އެއަށްވުރެން މަތިން ބިލްދައްކާ ކަސްޓަމަރުންނަށް އަދި ދިރާގު ލިމިޓެއްނެތް ފައިބާ 40އެމް ނުވަތަ އެއަށްވުރެ މަތީގެ ޕްލޭންތަކުގެ ކަސްޓަމަރުންނަށް މި ޕްރޮމޯޝަންގެ ލަކީ ޑްރޯގައި ބައިވެރިވެވޭނެ އެވެ.
ޕްރޮމޯޝަންގައި އެންރޯލްކުރުމަށް ހާއްސަކޮށްފައިވާ ޕޯޓަލް
މި ޕްރޮމޯޝަނާ ބެހޭ އިތުރު މައުލޫމާތު މި ލިންކުން ލިބޭނެ އެވެ.
އެމްއޭސީއެލުން 1.6 ބިލިއަން ރުފިޔާގެ ލޯނު ސަރުކާރަށް
ހަނގުރާމަ ނިންމަން ސުލްހައިގެ ޕްލޭނެއް އެމެރިކާއިން ހުށަހަޅައިފި
އީރާނުގެ ސަފީރު ވަގުތުން ލުބުނާނުން ބޭރުވުމަށް އަންގައިފި
