އީރާނާއެކު ކުރިއަށްދާ މަޝްވަރާތަކުގައި މުހިންމު ކަންތައްތަކެއްގައި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށާއި އޭގެ ތެރެއިން އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަވަނީ ނިއުކްލިއާ ހަތިޔާރު އުފެއްދުން ހުއްޓާލަން އިރާނުން އެބަސްވި އެބަސްވުން ކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމަޕް ވިދާޅުވެއްޖެ އެވެ.
ފްލޮރިޑާގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ އީރާނުގެ ހަކަތައާ ބެހޭ މަރުކަޒުތަކަށް ދޭން އުޅުނު ހަމަލާތައް ފަސްކުރީ އީރާނާ އެކު ގިނަ މަޝްވަރާތަކެއް ކުރިއަށް ދާތީ ކަމަށެވެ. އަދި އެންމެ މުހިންމު ކަމަކީ އީރާނުން ނިއުކްލިއާ ހަތިޔާރު ނުއުފެއްދުން ކަމަށާއި، އެކަމަށް އީރާނުން އެއްބަސްވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނަމަވެސް އީރާނުގެ މަޖިލީހުގެ ރައީސް މުހައްމަދު ގާލިބާފް ވަނީ އެމެރިކާއާ އެކު އެއްވެސް މަޝްވަރާއެއް ކުރިއަށް ނުދާ ކަމަށް ވިދާޅުވެފަ އެވެ. ޓްރަމްޕްގެ ވާހަކަތައް ދޮގުކުރައްވައި އޭނާ ވިދާޅުވީ މިފަދަ ޚަބަރުތަކަކީ މާލީ އަދި ތެލުގެ ބާޒާރަށް ނުފޫޒު ފޯރުވުމަށާއި، އެމެރިކާ އާއި އިޒްރޭލަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން ސަމާލުކަން އަނބުރާލުމަށް ފަތުރާ "ފޭކް ޚަބަރުތަކެއް" އެވެ.
އީރާނުގެ ޚާރިޖީ ވުޒާރާއިން ވެސް ވަނީ އެމެރިކާއާއެކު މަޝްވަރާ ކުރަމުންދާ ކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފަ އެވެ.
ހޮރްމޫޒް ކަނޑުއޮޅި 48 ގަޑިއިރު ތެރޭގައި ހުޅުވާނުލައިފިނަމަ އީރާނުގެ ހަކަތަ އުފައްދާ ތަންތަނަށް ހަމަލާދޭނެ ކަމުގެ އިންޒާރު ޓްރަމްޕް ކުރިން ދެއްވާފައިވެ އެވެ. ނަމަވެސް، މަޝްވަރާތަކުގައި ކުރިއެރުން ލިބެމުންދާތީ، ހަމަލާ ދިނުން ފަސް ދުވަހަށް ފަސްކުރުމަށް ޑިފެންސް ޑިޕާޓްމަންޓަށް އަމުރުކުރައްވާފައިވާ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި އެމެރިކާއިން މަޝްވަރާ ކުރަމުންދަނީ އީރާނުގެ "ވަރަށް އިހުތިރާމް ލިބިގެންވާ" އިސް ބޭފުޅަކާ އެވެ. ނަމަވެސް އެއީ އީރާނުގެ އާ ރޫހީ މުރްޝިދު މުޖްތަބާ ޚާމަނާއީ ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. މި މަޝްވަރާތަކުގައި އެމެރިކާގެ ފަރާތުން އިސްކޮށް އުޅުއްވަނީ ވައިޓް ހައުސްގެ ޚާއްސަ މަންދޫބު ސްޓީވް ވިޓްކޮފް އާއި ޓްރަމްޕްގެ ދަނބިދަރިފުޅު ޖެރެޑް ކުޝްނާ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.
އީރާނުގައި ހުރި ނިއުކްލިއާ މާއްދާތަކާ ގުޅޭގޮތުން ސުވާލު ކުރުމުން ޓްރަމްޕް ވިދާޅުވީ، އެއްބަސްވުމަކަށް އާދެވިއްޖެނަމަ އެމެރިކާގެ ސިފައިން އެ ގައުމަށް ގޮސް އެ ތަކެތި އަތުލައިގަންނާނެ ކަމަށެވެ.
"އެއީ ވަރަށް ފަސޭހަ ކަމެއް، އެ މީހުންނާއެކު އެއްބަސްވުމެއް އޮތްނަމަ އަހަރެމެން ގޮސް އެތަކެތި ނަގާނަން،" ޓްރަމްޕް ވިދާޅުވި އެވެ.
މީގެ އިތުރުން އީރާނުގެ ވެރިކަމުގެ ނިޒާމަށް ބޮޑު ބަދަލެއް އަންނަން ބޭނުންވާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.
އީރާނުން މީގެ ކުރިން ވެސް ނިއުކްލިއާ ހަތިޔާރު ނުއުފައްދާނެ ކަމަށް ބުނެފައިވީ ނަމަވެސް، ޔުރޭނިއަމް އުފައްދާ މިންވަރު ވަނީ ހަތިޔާރު އުފެއްދޭ ފެންވަރަށް މަތިކޮށްފަ އެވެ.
އެމެރިކާގެ އިންޓެލިޖެންސް ރިޕޯޓްތަކުން އީރާނުން ހަތިޔާރު އުފައްދަން މަސައްކަތް ނުކުރާ ކަމަށް ދެއްކި ނަމަވެސް، ޓްރަމްޕް ވިދާޅުވަނީ އީރާނުގެ ނިއުކްލިއާ ނިޔަތަކީ މި ހަނގުރާމައިގެ މައިގަނޑު ސަބަބު ކަމަށެވެ.
އިޒްރޭލް-އެމެރިކާއާ ދެކޮޅަށް އިރާގުން ހަނގުރާމަ އިއުލާނު ކޮށްފި
ގައުމީ ސަލާމަތަށް ނުރައްކާކުރި 466 މީހުން އީރާނުން ހައްޔަރުކޮށްފި
ދޮގު ހަދާ ޓްރަމްޕް އީރާނުންނުދާނެ ކަލެއާއެކު އެއްވެސް މަޝްވަރާއަކަށް
ރިޕްލައި