އަހަރުގެ އެންމެ މާތް މައްސަރު އަހަރުމެންނާ އަލްވަދާއު ކިޔަނީ އެވެ. ރަހުމަތުގެ އެތައް ދޮރުތަކެއް ހުޅުވައިދިނުމަށްފަހު އެ ފުރުސަތު މި އަހަރަށް ގެއްލެނީ އެވެ.
ރަމަޟާން މަސް އަހަރުމެންނާ ބައްދަލުުރީ އިއްޔެ ކަހަލަ އެވެ. 30 ދުވަސް ފާއިތުވެގެން ދިޔައީ އެސްފިޔަ ޖަހާލިހާ އަވަހަށެވެ. ދެން ކުރެވެން ސުވާލަކީ މި މާތް މައްސަރުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފުނުތޯ އެވެ.
ރަމަޟާން މަސް ފެށިގެން އަންނައިރު މިސްކިތްތަކުގެ ޖަމާއަތްތައް ފުރޭ މަންޒަރު ފެނެ އެވެ. އެހެން ނަމަވެސް ފަހު ދުވަސްތަކުގައި މި މަންޒަރު ކޮންމެވެސް ވަރަކަށް ބަަދަލުވެ އެވެ.
އެކަމުން ދޭހަވާ ކަމަކީ ރަމަޟާން މަސް ފެށިގެން އަންނައިރު އަޅުކަމުގައި މުރާލި ވުމަށް ކަނޑައަޅާ އަޒުމް ބަލިކަށި ވާކަމެވެ. އެހެން ނަމަވެސް ވާންވީ އެހެނެއް ނޫނެވެ. ފަހުދިހައަކީ އިތުރަށް ކަމަރު ބަންނަންވީ ދުވަސްތަކެކެވެ.
ކޮންމެއަކަސް މިއަހަރުގެ ރަމަޟާން މަސް ވެސް މި ނިމެނީ އެވެ. މި ރަމަޟާން މަހުގެ ބޭނުން ހެޔޮ ގޮތުގައި ހިފުނު އަހުންނާއި އުހުތުން އަޒުމު ކަނޑައަޅަންވީ އެގޮތުގައި ދެމިތިބުމަށެވެ.
އެ ނޫން ފަރާތްތަކުންވެސް މާތް ﷲގެ ރަހުމަތާ މެދު ހިތްވަރު އެލުވާނުލާށެވެ. ހިތުލާންވީ އަންނަ އަހަރުގެ ރަމަޟާން މަހާ ބައްދަލު ވުމުގެ ފުރުސަތު ލިބިއްޖެނަމަ އެ ފުރުސަތު ގެއްލުވާ ނުލުމަށެވެ.
ރަމަޟާން މަސް ނިމުމަކީ ހެޔޮ އަމަލުކުރުމުގެ ނިމުމެއް ނޫނެވެ. އަހަރުގެ ބާކީ އޮތް ދުވަސްތަކުގައި ވެސް މި ރޯދަމަހު ކުރި ހެޔޮ ކަންތައްތައް ކުރުމަށް ހަނދާން ކޮށްދެމެވެ.

300 އަށް ވުރެ ގިނަ ފްލައިޓް ކެންސަލް، 60 ހާސް ބުކިން ކެންސަލް
ގަލޮޅު ގެއެއްގައި ރޯވި އަލިފާން ކޮންޓްރޯލް ކޮށްފި
ސުވާލާއި ޖަވާބު: ފިތުރު ޒަކާތް ނެރެންޖެހޭ އެންމެ ފަހު ވަގުތަކީ؟