ޑްރަގް ހުރި 63 ރަބަރު ޕެކެޓާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އޭނާ ހައްޔަރު ކޮށްފައި ވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
ފުލުހުން ބުނީ ޑްރަގް މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ މާވަށް، ބޭސްގެ، މުހައްމަދު އިބްރާހިމް 43އ ކަމަށެވެ.
ފުލުހުން ބުނީ އޭނާ އަތުން ރަބަރު ޕެކެޓުތައް ފެނިފައި ވަނީ މި މާރިޗު މަހުގެ 10 ވަނަ ދުވަހުގެ ރޭ މާވަށު ފުލުހުން ރަށުތެރެ ޕެޓްރޯލުކުރަމުން ދިޔައިރު އޭނާމެދު ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކުރި ކުރުމުގެ ތެރެއިން ކަމަށެވެ.
މި މައްސަލައާ ގުޅިގެން މުހައްމަދު އިބްރާހީމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
އީޝާ ފުލުހަށް ހާޒިރުވާން ޗިޓް ފޮނުވައިފި
އެމެރިކާގެ ނޭވީއިން ބޯޓުތަކަށް ދިން ހަމަލާގައި 5 މީހުން މަރުވި
ރިތިކްގެ އެންމެ ފުރަތަމަ މުސާރައަށް ގަތީ ކުޅޭ ކާރެއް!