މިރޭ މީހުން ނަމާދުކުރަން ތިއްބާ ހުޅުމާލޭ މަސްޖިދު ރަޝީދުގެ ބިލޫރިގަނޑެއް ތަޅައިގެން ހިނގައްޖެ އެވެ.
ވަށައިގެން ބިއްލޫރި ދޮރުތަކެއް ހުންނަ އެ މިސްކިތުގެ ބިއްލޫރިގަނޑެއް ތަޅައިގެންދިޔައީ އިޝާ ނަމާދު ނިމުނު ވަގުތު ކަމަށް ނަމާދަށް ދިޔަ ބައެއް މީހުން ކިޔައިދިނެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.
އެ މިސްކިތުގެ ތިން ވަނަ ފަންގިފިލާގެ ބިއްލޫރިގަނޑު ތަޅައިގެންދިޔަ ސަބަބެއް ނޭނގެ އެވެ.
އެ މިސްކިތަކީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ)ގެ ދީލަތި އެހީގައި 2022 ވަނަ އަހަރު ބިނާކުރި މިސްކިތެކެވެ.

ސިއްހީ އެހީއަށް އެދޭ ސްކޭމް ޕޯސްޓުތަކަށް ސަމާލުވާން އެދިއްޖެ
ހަނގުރާމަ ހުއްޓާލަން ހުށަހެޅުމުން އީރާނުން އެކަމާ ދެކޮޅުހަދައިފި
ސުވާލާއި ޖަވާބު: ހައިޟުވެރިޔާ ފަހު ދިހައެއް ހޯދާނީ ކިހިނެއް؟
