މިއަހަރު ރަމަޟާން މަހުގެ ހަނދު ސައުދީ އަރަބިއްޔާއަށް ފެނިއްޖެ އެވެ.
ސައުދީއަށް ހަނދު ފެނުނު ކަމަށް ނިންމީ ތުމެއިރު އޮބްޒަވޭޓަރީގައި ހަނދު ބެލުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތަށް ފަހު އެވެ.
އެއާއެކު ގައުމަށް ހަނދު ފެނުނުކަން ސައުދީ ސުޕްރީމް ކޯޓުން ވަނީ ދެންމެ އިއުލާންކޮށްފަ އެވެ.
ސުޕްރީމް ކޯޓުގެ ބަޔާނުގައި ވަނީ އުއްމުލްގުރުއާ ކަލަންޑަރުގައިވާ ގޮތުގެމަތިން، މާދަމާ އަކީ މިއަހަރު ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.
ހަނދު ފެނުމާއެކު، މިރޭ ފަތިހުން ފެށިގެން އިރުއޮއްސުމާ ހަމައަށް މުސްލިމުން ކެއުމާއި ބުއިމުން ދުރުހެލިވެ ތިބެ ރޯދަ ހިފަން ފަށާނެ އެވެ.
ސަރުކާރު ކުންފުނިތަކަށް ބިން ދޫކުރެވޭގޮތަށް ގަވާއިދު ބަދަލުކޮށްފި
އެކްޓް ކުރުން މަތިން ހަނދާން ނުވާ ކަމަށް ޕްރިތީ ބުނެފި
ބައްޕަގެ ބިރު: ޔޫސުފް ޚާން ދިލިޕް ކުމާރަށް ބަދަލުވި ގޮތް!