އއ. ތޮއްޑޫގައި ސީޕްލޭންގެ ހިދުމަތް މިއަދު ފަށައިފިއެވެ.
ތޮއްޑޫގައި ސީޕްލޭންގެ ހިދުމަތް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އައިލެންޑް އޭވިއޭޝަންގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރު އަލީ ސަލީމް ވިދާޅުވީ ފަތުރުވެރިކަން ކުރިއަރާފައިވާ ރަށްރަށަށް އެކި ބޭނުންތަކުގައި ކަނޑުމަގުން ދަތުރުކުން ވެފައިވަނީ ވަރަށް ބޮޑު ތަކުލީފަކަށްކަމަށެވެ. ނަމަވެސް މި ފެށުނު ދަތުރުތަކާއެކު މިކަމަށް ހައްލު ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސަލީމް ވިދާޅުވީ ތޮއްޑުއަށް މިފެށި ދަތުރުތައް މެދުނުކެނޑި ކުރިއަށް ގެންދާނެކަމަށާއި ޑިމާންޑު އިތުރުވާނަމަ ދަތުރުތައް އިތުރުކުރާނެކަމަށެވެ.
"އައިލަންޑު އޭވިއޭޝަންއިން މިފެށި ދަތުރުތައް ހުއްޓުމެއްނެތި ކުރިއަށް ގެންދާނަން. ޑިމާންޑު އިތުރުވާވަރަކަށް ދަތުރުތައް އިތުރުކުރެވިގެންދާނެ. ސަރުކާރުން ބޭނުންވަނީ ރައްޔިތުންނަށް ލުއިފަސޭހަ ، އަދި އިޤްތިސޯދު ގޮތުން ކުރިއެރުވުންކަމަށް ވިދާޅުވި." ސަލީމް ވިދާޅުވި އެވެ.
ދަތުރުތަށް ފެށުމަށް ތޮއްޑޫގައި ސީޕްލޭން ޕްލެޓްފޯމެއް ގާއިމްކޮށް ތޮއްޑޫ ކައުންސިލް އިދާރާގައި ޗެކިން ކުރުމުގެ އިންތިޒާމްވަނީ ހަމަޖައްސާފަ އެވެ. ކޮންމެ ހަފުތާއަކު ބުރާސްފަތި އަދި ހޮނިހިރު ދުވަހު ތޮއްޑޫ ސީޕްލޭންގެ ދަތުރު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
މޯލްޑިވިއަނުން ވަނީ ސީޕްލޭންގެ ދަތުރުތަކަށް ދިވެހީންނަށް ހާއްސަ ފެއާއެއް ފަށާފަ އެވެ. އެ ފެއާގެ ދަށުން ދަތުރުގެ އެއްކޮޅު ޓިކެޓްގެ އަގަކީ 799ރ. އެވެ.
އިންތިހާބަށް ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރުމަށް ގުރުނަގައިފި
ގެސްޓްހައުސް އާއި ގެސްޓްރޫމް ފައިނޭންސިން ތައާރަފްކޮށްފި
ޖީއެމް ފޯރަމްގެ ޕްލެޓިނަމް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި
