ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބޭއްވުމާ ދެކޮޅު ހަދައި އިހްތިޖާޖުކުރަން ފެށުމުން އިދިކޮޅު އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން މަޖިލީހުގެ ތަޅުމުން ނެރެފި އެވެ.
ނަން އިއްވައި މަޖިލީހުގެ ތަޅުމުން ނެރުނު މެންބަރުންގެ ތެރޭގައި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދާއި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމާއި މާވަށު ދާއިރާގެ މެންބަރު އަހްމަދު ޝާކިރު ހިމެނިވަޑައިގަންނަވަ އެވެ.
ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ހުށަހަޅުއްވާފައިވާ މި ބިލުގައި ބުނެފައިވަނީ މީގެ ފަހުން މަޖިލިސް މެންބަރުން ހޮވަން ބާއްވާ އިންތިހާބު ބާއްވަން ޖެހޭނީ ރައީސުލްޖުމްހުރިއްޔާއަކު ހޮވަން ބާއްވާ އިންތިހާބާއެކު ކަމަށެވެ.
މި ގޮތަށް މަޖިލީހުގެ ދައުރު ފެއްތުމަށް މީގެ ފަހުން އަލަށް ހޮވާ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވަން ޖެހޭ ތާރީހު ޑިސެމްބަރު 1، އަށް ބަދަލުކުރަން މި ބިލުގައި ހިމަނާފައިވެ އެވެ. މިއާއެކު މިހާރު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރުން ހަ މަސް މަދުވާނެ އެވެ.
ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ މިއީ ހަރަދު ކުޑަކުރުމުގެ ގޮތުން ކުރަން އުޅޭ ކަމެއް ކަމަށެވެ. އިދިކޮޅު އެމްޑީޕީގެ މެންބަރުން ވިދާޅުވީ މިއީ ރައްޔިތުންގެ ބާރު ކަނޑުވާލައި ވެރިކަމުގައި ދިގު މުއްދަތަކު ހުންނެވުމަށް މަގުފަހިކުރަން ކުރަން އުޅޭ ކަމެއް ކަމަށެވެ.
ބަރުދަން ލުއިކުރަން މުޅިން ތަފާތު އާދަޔާ ޚިލާފު އުކުޅެއް!
ކަރަންޓު ހަރަދު ކުޑަ ކުރެވިދާނެ ފަސޭހަ ދެތިން ގޮތެއް!
