އެފްއޭއެމްގެ ހިޔާނާތުގެ މައްސަލައިގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ އެ އެސޯސިއޭޝަންގެ އެކައުންޓްސް ޑިޕާޓްމަންޓްގެ ކުރީގެ ހެޑް، މުހައްމަދު އަގީލް ފިލައިގެން ތައިލެންޑުގެ ބެންކޮކްގައި އުޅެނިކޮށް ހައްޔަރުކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި އޭނާގެ މައްޗަށް ދައުވާ އުފުލާފައި ވަނިކޮށް ވަނީ ބެންކޮކަށް ގޮސް ފިލާފަ އެވެ.
ފީފާއިން އެފްއޭއެމްއަށް ފޮނުވި 1.2 މިލިއަން ޑޮލަރަށް ބައްސާމް ހިޔާނާތްތެރިވެ، އެ ފައިސާ ބޭނުންކުރި މައްސަލައާ ގުޅިގެން އަގީލްގެ ހެކިބަސް ނެގުމަށް ކޯޓަށް ހާޒިރު ކުރަން ބެލިއިރު، އޭނާ ވަނީ ފިލާފައިކަން ފުލުހުންނަށް ވަނީ ކަށަވަރުކުރެވިފަ އެވެ.
އޭނާ ހޯދަން އިންޓަޕޯލުން ރެޑްނޯޓިސް ވެސް ނެރުނެވެ. އަގީލް މިވަގުތު ހުރީ ބެންކޮކް ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. އޭނާ ރާއްޖެ ގެނައުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
އެ މައްސަލާގައި އަގީލްގެ މައްޗަށް އުފުލީ މަނީލޯންޑަރިންއަށް އެހީތެރިވެދިނުމުގެ ދައުވާ އެވެ.
އަމިއްލަ ނަފްސަށް ކުރާ އިތުބާރު ބޮޑު ކުރަން 7 އުސޫލެއް!
ހަސީނާގެ ތަގުރީރުގައި އިންޑިއާގެ ބައިވެރިވުމެއް ނެތްކަމަށް ބުނެފި
"ސްޕައިޑަ-މޭން: އަ ބްރޭންޑް ނިއު ޑޭ"އަށް 1 ބިލިއަން ޑޮލަރު!
