ހޮލީވުޑްގެ މަޝްހޫރު އެކްޓަރެއް ކަމަށްވާ އެންޖެލީނާ ޖޯލީ ޣައްޒާގެ ރަފާހް ބޯޑަރަށް ޒިއާރަތް ކޮށް އެ ސަރަހައްދުގެ ކަންތައްތައް ބަލާލައިފި އެވެ.
މިސްރާއި ޣައްޒާ ގުޅުވައިދޭ ރަފާހް ބޯޑަރަށް އެންޖެލީނާ ގޮސްފައި މިވަނީ މި ވަގުތު މިސްރަށް އޭނާ ކުރަމުން އަންނަ އިންސާނާ އެހީގެ ދަތުރެއްގެ ތެރެއިންނެވެ.
އެންޖެލީނާގެ މި ޒިއާރަތުގައި އޭނާއާއެކު މިސްރުގެ އޮފިޝަލުން ވެސް ބައިވެރިވެފައިވާއިރު އެ ވަފްދުން ވަނީ ޣައްޒާއަށް ފޯރުކޮށްދެމުންދާ އެހީގެ އެންމެ ފަހުގެ ކަންކަން ބަލާފަ އެވެ.
އިޒްރޭލުގެ ހަމަލާތައް އަމާޒުވެ ހާލުގައި ޖެހިފައި ތިބި ޣައްޒާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެވެން އޮތް ހަމައެކަނި މަގަކީ ރަފާހް ބޯޑަރެވެ.
ރަފާހް ބޯޑަރަށް އެންޖެލީނާ ޒިއާރަތް ކޮށްފައިވާއިރު އޭނާއަކީ ފަލަސްތީނުގެ ހައްގުގައި އެންމެ އަޑުގަދަކޮށް އަޑު އުފުލާ އެއް މަޝްހޫރު އެއް ފަންނާނެވެ.
މިއީ މުށި ބުދުތަކެއް ނޫން، ބޭނުންހާ ގޮތެއް ނުހެދޭނެ: ޝާހިދު
ހިކަނދިފަތް ނުކައި އުކާލުމުގެ ކުރިން ވިސްނާލާ!
ދަ ފިފްޓީސް ލަޔަން: މި މާސްކުގެ ފަހަތުގައި ވަނީ ކޮން މޫނެއް؟