އެމެރިކާއިން ވެނެޒުއޭލާގެ އައްސޭރިފަށުން އިތުރު ތެޔޮ ނަގާ ބޯޓެއް ހިފަހައްޓާފައިވާތީ ވެނެޒުއެލާއިން އެކަން ކުށްވެރިކޮށްފި އެވެ.
އެމެރިކާއިން ނެވެޒުއެލާއަށް އެކި ގޮތްގޮތުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ފަށާފައިވާއިރު، އެ ގައުމުން މިއަދު ވަނީ ވެނެޒުއެލާގެ އައްސޭރިފަށުން އިތުރު ތެޔޮ ބޯޓެއް ހުއްޓުވާފަ އެވެ. މި މައްސަލަ ވަރަށް ހަރުކަށިކޮށް ވެނެޒުއެލާއިން ވަނީ ކުށްވެރިކޮށް އަދި އެ އެމެރިކާގެ މި މައްސަލަ އދ އަށް ހުށަހަޅާނެ ކަމަށް ވެސް ބުނެ އިންޒާރުދީފަ އެވެ.
ވެނެޒުއެލާގެ އައްސޭރިފަށުން ހިފެހެއްޓި މި ތެޔޮބޯޓާއި ގުޅޭގޮތުން އެގަމުން ނެރުނު ބަޔާނެއްގައި ބުނީ ނެޒުއޭލާގެ ވެރިރަށް ކަރަކަސްއިން ވަނީ ދެވަނަ ތެޔޮ ބޯޓެއް އެމެރިކާއިން ހިފެހައްޓާފައިކަމަށާއި އެކަން އެ ގައުމުން ސިފަކުރަނީ "ވައްކަން ކުރުމާއި ބޯޓު ފޭރިގަތުން" ކަމަށެވެ.
މި މައްސަލާގައި އެމެރިކާއަށް ވަރަށް ބޮޑަށް ފާޑުކިޔައި ނެރުޔނު މި ބަޔާނުގައި ބުނީ އެމެރިކާގެ މި މައްސަތަކާއި ގުޅޭގޮތުން އދ. އަށް ޝަކުވާ ވެސް ހުށަހަޅާނެ ކަމަށެވެ.
ވެނެޒުއެލާގެ ތެލުގެ ވިޔަފާރިއަށް ހުރަސް އެޅުމަށް އެމެރިކާގެ ރައީސް ކުރިމަތި ކުރައްވަމުން ގެންދަވާ ހުރަސްތަކުގެ ތެރެއިން ވެނެޒުއެލާގެ ތެޔޮ ބޯޓުތައް ހުއްޓުވަމުން އަންނަައިރު، ގިނަ ގައުމުތަކުން އަންނަނީ އެމެރިކާގެ މި އަމަލު ކުށްވެރިކޮށް ވާހަތައް ދައްކަމުންނެވެ.
މި މައްސަލައާއި ގުޅިގެން އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީގެ ސެކްރެޓަރީ ކްރިސްޓީ ނޯމް ޝަބަތު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޕެންޓަގަންގެ އެހީތެރިކަމާއެކު އެމެރިކާގެ ކޯސްޓްގާޑުން ވެނެޒުއެލާގެ ތެޔޮ ބޯޓުތައް ހިފަހައްޓަމުން ގެންދަނީ ސަރަހައްދީ މަސްތުވާތަކެތީގެ ޓެރަރިޒަމަށް ފައިނޭންސް ކުރުމަށް ބޭނުންކުރާ ތެޔޮ ގަވާއިދާ ޚިލާފަށް ސަޕްލައިކުރުން ހުއްޓުވުމަށް ކަމަށެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯއަށް ކުރިމަތިކުރުވާ ފިއްތުންތައް އިތުރަށް ވަރުގަދަކޮށްފަ އެވެ.
ގުރައިދޫ ކައިރިން ހަ ފޫޓުގެ ކިނބުލެއް ހިފައިފި
ހިޔާ ޓަވަރެއްގައި މީހަކަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލައިފި
މެލޭޝިއާއިން 375 މިލިއަން ޑޮލަރުގެ މަސްތުވާތަކެތި އަތުލައިގެންފި