ދިރާގުން ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށްގެން މުޅިން އާ "ލިމިޓްލެސް ބޫސްޓާސް" ތައާރަފުކޮށްފިއެވެ. މިއީ ކަސްޓަމަރުންނަށް ހަލުއި ސްޕީޑެއްގައި ޑޭޓާ އަންލިމިޓެޑްކޮށް ބޭނުން ކުރުމުގެ ފުރުސަތު ފަހިކޮށްދޭ ހިދުމަތެކެވެ.
ކަސްޓަމަރުންގެ އެކި ބޭނުންތަކަށް އެކަށީގެންވާގޮތަށް ހިޔާރުކުރެވޭ، 1 ދުވަހުގެ މުއްދަތުން ފެށިގެން 15 ދުވަހުގެ މުއްދަތައް ބޭނުންކުރެވޭ މި ބޫސްޓަރތަކުގެ 5 ވައްތަރެއް ވަނީ ތައާރަފްކޮށްފައެވެ. މި ބޫސްޓަރތައް އެކްޓިވޭޓްކުރަން ބޭނުންވާ ކަސްޓަމަރުންނަށް ދިރާގުއެޕް، މައިއެކައުންޓް މެދުވެރިކޮށް، ނުވަތަ އެ ބޫސްޓަރެއްގެ އެސް.އެމް.އެސް ޝޯޓް ކޯޑް 343އަށް އެސް.އެމް.އެސްކޮށްގެން އެކްޓިވޭޓްކުރެވޭނެއެވެ.
ލިމިޓްލެސް ބޫސްޓަރތަކުގެ އެހީގައި، ސްޓްރީމްކުރުމަށް، ގޭމް ކުޅުމަށް، ކޮންމެ ތަނެއްގައި ހުރެގެން ވެސް މަސައްކަތްކުރުމަށާއި އެހެނިހެން ބޭނުންތަކަށް ގިނައިން ޑޭޓާ ބޭނުންވާ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ހަލުއި ސްޕީޑުގައި އިންޓަރނެޓްގެ ހިދުމަތް ލިބިގެންދާނެއެވެ.
ދިރާގުން މުޅިން އަލަށް މާކެޓަށް ތައާރަފުކޮށްފައިވާ މި ހިދުމަތަކީ ދިރާގުގެ އަންލިމިޓެޑް ޕްލޭންތަކަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭ ހިދުމަތެކެވެ. ދިރާގުން ދަނީ ލިމިޓްލެސް ޕޯސްޓްޕެއިޑް ޕްލޭންތަކާއި، ލިމިޓެއްނެތް ފައިބަރގެ ހިދުމަތްތަކާއެކު ކަސްޓަމަރުންގެ ތަފާތު ބޭނުންތަކަށް ހާއްސަކޮށްގެން ހެޔޮ އަގުގައި އަގުހުރި ހިދުމަތްތައް ފޯރުކޮށްދެމުންނެވެ.
ތައިލެންޑުން ކެމްބޯޑިއާއަށް ވައިގެ މަގުން ހަމަލާދެނީ
އިންޑިއާއަށް ބަދަލުވި ސަބަބު މާދުރީ ބުނެދީފި
ދަރިފުޅު ބޭނުންވާ ކަންތައް ނުކުރެވޭ ކަމަށް އެންޖެލީނާ ބުނީ ކީއްވެ
