އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ސިޔާސީ ޕާޓީތަކުގެ އާންމު މެމްބަރުންނަށް އެ ޕާޓީއަކުން ވަގުތުން ވަކިވެވޭ ގޮތަށް ހަމަޖައްސަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެންބަރަކު ވިދާޅުވީ ޕާޓީއެއްގެ އާންމު މެމްބަރަކު އެ ޕާޓީއަކުން ވަކިވާން ބޭނުންވެއްޖެ ނަމަ، މައި އިލެކްޝަން ޕޯޓަލް މެދުވެރިކޮށް އެކަމަށް އެދި ހުށަހެޅުމުން ވަގުތުން ޕާޓީން ވަކިކޮށްދޭން ނިންމާފައިވާ ކަމަށެވެ.
އެ އުސޫލަށް އަމަލުކުރަން ފަށާނީ އަންނަ މަހު އެއް ވަނަ ދުވަހުން ފެށިގެންނެވެ.
ކޮމިޝަނުގެ މެންބަރު ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ މަގާމުތަކުގައި ތިބޭ މީހުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީން ވަކިކޮށްދޭން އެދިއްޖެ ނަމަ، ވަކި މުއްދަތެއް އެކަމަށް ނަގާނެ ކަމަށެވެ. ސަބަބަކީ އެކަމުގައި އިތުރަށް ކަށަވަރުކުރަންޖެހޭ ކަންތައްތަކެއް ހުރެދާނެތީ ކަމަށް އޭނާ ވިދާޅުވި އެވެ.
ސިޔާސީ ޕާޓީއަށް ވަނުމަށް އެދި އޮންލައިންކޮށް ހުށަހެޅުމުން ވަގުތުން ޕާޓީއަށް ވަދެވޭގޮތް ހެދުމަށް މަޝްވަރާކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނަޝީދުގެ ކެމްޕޭން ތަރުޖަމާނަކަށް ވަހީދު ހަމަޖައްސައިފި
"ދުރަންދަރް"އިން ރަންވީރަށް %100 ބޮޑު އާމްދަނީއެއް!
ރާބުއިމާ ދުރުވުމުން ދިރިއުޅުމަށް އައި ބަދަލު ޓޮމް ކިޔައިދީފި
