ފުވައްމުލަކަށް ދިމާވެފައިވާ ފެނުގެ މައްސަލަ ހައްލުވެފައިވާ ކަމަށް ބުނެ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މުހައްމަދު ނަޖާހު ވިދާޅުވިޔަސް، ގެތަކަށް އަދިވެސް ފެން ނުލިބޭ ކަން ހާމަވެއްޖެ އެވެ.
ފުވައްމުލަކުން ވާހަކަދެއްކި މީހަކު ބުނީ މިއަދުވެސް އެ މީހުން ތަހައްމަލް ކުރަމުން ދަނީ ފެން ނުލިބުމުގެ ދަތިކަން ކަމަށެވެ. އަދި ފެނުގެ މައްސަލަ ހައްލުވެއްޖެކަމަށް ކޮންމެ މީހަކު ބުންޏަސް އެއީ ދޮގެއްކަން އެގޭގެ އެންމެން ހެކިވާނެ ކަމަށް އޭނާ ކިޔައިދިނެވެ.
ފެން ނުލިބެނީ ކްރޮސް ކަނެކްޝަން ހަދާފައި ހުރި ގެތަކަށް އެކަނި ކަމަށް ނަޖާހު ވިދާޅުވިޔަސް އެފަދަ ކަނެކްޝަނެއް ހަދާފައި ނެތް ގެތަކަށް ފެން ނުލިބޭ ކަމަށް ރައްޔިތުން ބުންޏެވެ.
"މިގެއަކު ނެތް ތިޔަ ބުނާ ކްރޮސް ކަނެކްޝަނެއް. ދެން ކީއްވެގެންތޯ މިގެއަށް ފެން ނުލިބެންވީ. ފެނަކައިން ތިޔަ ދައްކާ ވާހަކައެއް ދިމަލެއް ނުވޭ ނޫންތޯ،" މި ރަށުން ވާހަކަދެއްކި މީހަކު ބުންޏެވެ.
ފުވައްމުލަކަށް ފެނުގެ މައްސަލަ ދިމާވިތާ ދެ ދުވަސް މިހާރު ވަނީ ވެފަ އެވެ. އެ ރަށުގެ ފެން ތަޣައްޔަރުވެފައިވާތީ އެމްއެފްޑީއޭ އާއި އެޗްޕީއޭގެ ލަފާގެ މަތިން ފެނަކައިން ވަނީ މުޅި ފެނުގެ ސިސްޓަމަށް ކްލޮރިން އަޅާފަ އެވެ.
ފުވައްމުލަކުގެ ގެތަކުން ފެން ބިލަށް ކޮންމެ މަހަކު ވެސް ޖުމްލަ އެތަކެއް މިލިއަން ރުފިޔާއެއް ލިބޭއިރު، ފެނުގެ ސިސްޓަމް ދުވަހުން ދުވަހަށް މަރާމާތުކޮށް ނުބެލެހެއްޓެން ޖެހޭ ސަބަބެއް އޮވެގެން ނުވާނެ ކަމަށް މި ރަށު ރައްޔިތުން ބުންޏެވެ.
މި ރަށަށް ބޯފެނުގެ ދަތިކަން ވެސް ކުރިމަތިވެފައިވާތީ މޯލްޑިވިއަންގެ ދެ ފްލައިޓްގައި އިއްޔެ ވަނީ ފެން ގެނެސްފަ އެވެ.
ހައްދުފަހަނައަޅައިދިއުމުގެ މައްސަލަ ހައްލުކުރަން ޕްރޮގްރާމެއް
20 މީހުންނާއެކު ދަތުރުކުރި ތުރުކީގެ އަސްކަރީ ބޯޓެއް ވެއްޓިއްޖެ
މަޝްރޫއުތައް ކުރިއަށް ގެންދާނީ ރައްޔިތުން ބޭނުންވާ ގޮތަށް: ރައީސް