ހުޅުމާލޭ ފަޅުގައި އޮތް ތެޔޮ އުފުލާ ދޯންޏެއްގައި ރޯވެ ގެއްލުންތަކެއް ވެއްޖެ އެވެ.
ފުލުހުން ބުނީ އެ ހާދިސާގެ މައުލޫމާތު ލިބިފައި ވަނީ މިއަދުގެ 12:55 ހާއިރު ކަމަށެވެ.
ތެޔޮ އުފުލާ ދޯނީގައި ރޯވި އަލިފާން މިހާރު ނިއްވާލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ ހާދިސާގައި އެ ދޯނީގައި ހުރި ބަންގްލަދޭޝްގެ މީހެއްގެ އަތްތިލަ ވަނީ ފިހިފަ އެވެ. ފުލުހުން ބުނީ އޭނާއަށް ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސް
ސަރުކާރުން ބަލި ގަބޫލުކޮށްފި: ނަޝީދު
ކެއުމުން ފަލަވަނީ، ނުކައި ހުރުމުން ވަރުބަލިވަނީ، ހައްލަކީ ކޮބާ؟
