"ފީފާ ޕީސް ޕްރައިޒް"ގެ ނަމުގައި ސުލްހައިގެ އިނާމެއް ދިނުމަށް ފުޓުބޯޅައިގެ މައި އިދާރާ، ފީފާއިން ނިންމައިފި އެވެ.
ފީފާއިން ހުކުރު ދުވަހު ބުނިގޮތުގައި، ފީފާއިން މި އިނާމު ދެނީ "ފީފާ ޕީސް ޕްރައިޒް- ފުޓްބޯލް ޔުނައިޓްސް ދަ ވޯލްޑް"ގެ ނަމުގައި ކަމަށާ، އެ އެވޯޑު ދޭނީ ސުލްހައަށް ވަކި ފަރުދަކު ކުރާ ބުރަ މަސައްކަތެއްގެ އަގު ވަޒަން ކުރުމަށެވެ.
ފީފާއިން ބުނީ ފުޓުބޯޅައިން ރަމްޒުކޮށްދޭ އެކެއްޗަކީ ސުލްހަ މަސަލަސްކަން ކަމަށާ، ފުޓްބޯޅައަކީ މުޅި ދުނިޔެ އެކުވެރި ކުރުވާނެ ބާރުގަދަ ހަތިޔާރެއް ކަމަށްވާއިރު، ހާއްސަކޮށް ފުޓުބޯޅައިގެ ބޭނުންކޮށް، މުސްތަގުބަލުގެ ޖީލުތަކަށް ނަމޫނާ ދައްކަން ޖެހޭ ކަމަށެވެ.
"ބައިބައިވުންތައް ނައްތާލައި، މީހުން އެކުވެރިކަމުގައި ނަމޫނާ މަސައްކަތްތެއް ކުރާ ފަރާތްތަކުގެ އަގު ކޮންމެހެން ވަޒަންކުރަން ޖެހޭ،" ފީފާގެ ބަޔާނުގައިވެ އެވެ.
ކުރިއަށް އޮތް ވޯލްޑް ކަޕް 2026ގެ ގުރު ނެގުމުގެ ރަސްމިއްޔާތުގައި އެންމެ ފުރަތަމަ ފީފާގެ ސުލްހައިގެ އިނާމު ދޭން ނިންމާފައި ވާއިރު، އުތުރު އެމެރިކާ ގައުމުތަކުގައި ބާއްވާ އަންނަ އަހަރު ވޯލްޑް ކަޕްގެ ގުރު ނެގުން އޮންނަނީ އަންނަ ޑިސެމްބަރު މަހުގެ ފަސްވަނަ ދުވަހު ކަމަށް އެ ބަޔާނުގައި ބުނެ އެވެ.
އިވެންޓު ބޭއްވުމަށް ހަމަޖެހިގިފައި ވަނީ، އެމެރިކާގެ ވޮޝިންޓަނުގައި ހުންނަ ޖޯން އެފް ކެނެޑީ ސެންޓަރުގެ ޕާފޯމިން އާޓްސް ސެންޓަރުގަ އެވެ.
ގިނަ އަދަދެއްގެ މުދަލާއެކު ދަތުރުކުރި ބޯޓެއް ފަރަށް އަޑިއަށް
ހޮންގް ތައި ހާބަލް އިންހޭލާގެ ބެޗެއް ވިއްކުން މަނާކޮށްފި
ނަތަންޔާހޫ ހައްޔަރު ކުރުމުގެ އަމުރެއް ތުރުކީން ނެރެފި