ބީލަމަކާ ނުލައި ސަރުކާރުން ބޭނުންވާ ބަޔަކަށް ބަހާލި މަޝްރޫއުތަކުން ބައެއް ގެމަނަފުށީ ދާއިރާގެ މަޖިލިސް މެންބަރު އަސަދުﷲ ޝިހާބުގެ ކުންފުންޏަށް ވެސް ބަހާލިކަން ހާމަވެއްޖެ އެވެ.
ގެމަނަފުށީ ދާއިރާގެ މެންބަރު އަސަދުﷲގެ ކުންފުންޏަށް 87.3 މިލިއަން ރުފިޔާގެ މަޝްރޫއު ސަރުކާރުން ވަނީ ބަހާލާފަ އެވެ.
އަސަދުﷲ ގެ އެސްއޭއެންއެން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކުރީ ގދ. ފިޔޯރީގެ ބިން ހިއްކުމާއި، ބަނދަރު ފުންކުރުމާއި ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތެވެ.
މި ޖަރީމާ ހިންގީ އުސޫލުތަކާ ހިލާފަށް މާލިއްޔަތު ގަވާއިދަށް ބަދަލު ގެނެސްގެންނެވެ. ރެކޯޑު މުރުލި މި ކޮރަޕްޝަންގެ ތެރެއިން ލ. ފޮނަދޫގައި 100 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުاللهގެ ދަރިކަނބަލުންނާއި އޭނާގެ އަނބިކަނބަލުންގެ ކުންފުންޏާ ވަނީ ހަވާލުކޮށްފަ އެވެ.
އަބްދުއްރަހީމްގެ އަނބިކނަބަލުން ދިޔާނާ ހުސައިން އާއި ދަރިކަނބަލުން ފާތިމަތު ސަބާހާގެ ވައިޓް ލިންކްސް ޕްރައިވެޓް ލިމިޓެޑާ އެ މަސައްކަތް ހަވާލުކުރީ 139،295،700ރ. އަށެވެ.
ހައްގު ނޫންގޮތުގައި ޖުމްލަ 50 އަށްވުރެ ގިނަ ކުންފުންޏަށް ސަރުކާރުން ވަނީ އެކި މަޝްރޫއުތައް ބޮޑު އަގުގައި ބަހާލާފަ އެވެ. މިއީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް ފައިސާ ހޯދުމަށް ކުރި ކަމެކެވެ.
އަސްލު އަގަށްވުރެ ބޮޑުކޮށް އޭސީ ހަރުކުރަން އެސްޓާސްއަށް
ހޮންގް ތައި ހާބަލް އިންހޭލާގެ ބެޗެއް ވިއްކުން މަނާކޮށްފި
އަންހެނުންނަށް: ހެދުން އަޅާއިރު މިކަމަށް ސަމާލުވޭ!
