"ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް" ގެ ތެޔޮ ބޯޓެއްގައި ގާނޫނާއި ގަވާއިދާ ހިލާފަށް ރާއްޖެ އަށް ސިނގިރޭޓް ކާޓޫނުތަކެއް އެތެރެކުރި މައްސަލާގައި ބައިވެރިވުން އޮތް ކަމަށް ބުނެ އިއްޔެ ކަސްޓަމްސް އިން ވަކިކުރި ޑެޕިއުޓީ ކޮމިޝަނަރު މަހްމޫދު ރިޔާޒަށް ކުރާ ތުހުމަތުތައް އޭނާ ދޮގު ކުރައްވައިފި އެވެ.
ކަސްޓަމްސްއަށް 33 އަހަރު ހިދުމަތް ކުރެއްވި ރިޔާޒު މަގާމުން ވަކިކުރެއްވި ކަަމުގެ ލިޔުން ރައީސް މުހައްމަދު މުއިއްޒު އޭނާއަށް ފޮނުއްވީ އިއްޔެއެވެ.
އެކަމާ ގުޅިގެން ކަސްޓަމްސްގެ ކޮމިއުނިޓީ ގްރޫޕްގައި ރިޔާޒު ވިދާޅުވީ ތުހުމަތުތަކެއް ކުރިޔަސް ދުވަހަކު ވެސް ކޮރަޕްޝަނުގެ އެއްވެސް އަމަލެއް ހިންގާފައި ނުވާނެ ކަމަށެވެ. އަދި ކަސްޓަމްސްގައި ހޭދަވި ދިގު މުއްދަތުގައި އެއްވެސް ގޯހެއްގައި ބައިވެރިނުވާ ކަމަށް ވެސް ވިދާޅުވިއެވެ.
"މާތްﷲ ގަންދީ ހުވާކުރަން އެއްވެސް ގޯސް އަމަލެއްގައި ބައިވެރިއެއް ނުވަން އަދި ނުވެސް ވާނަން،" ރިޔާޒު ވިދާޅުވިއެވެ.
އޭނާ އަބަދުވެސް ދެމިހުންނާނީ ނަޒާހާތްތެރިއެއްގެ ގޮތުގައި ކަމަށް ވެސް ރިޔާޒް ވިދާޅުވިއެވެ.
ރިޔާޒުގެ އިތުރުން ޑެޕިޔުޓީ ކޮމިޝަނަރު އަބްދުﷲ ވަހީދު ވެސް ވަނީ މަގާމުން ވަކިކޮށްފަ އެވެ.
އުމުރު ފޮރުވަން މަލައިކާ ދޮގު ހެދިކަން ފަޅާ އަރައިފި
ޖޭއެސްސީގެ ރައީސް ކަމަށް ހުސްނީ ހަމަޖައްސައިފި
މިއޮތީ ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލަން އެހީއެއް!
