ފަލަސްތީނުގެ މިނިވަން ކަމަށް ހަނގުރާމަކުރަމުން އަންނަ ހަމާސްގެ އެއްވެސް ލީޑަރަކަށް ހިމާޔަތް ނުލިބޭނެ ކަމަށް އިޒްރޭލުގެ ހައްދުފަހަނަަަަަަަަަަަަަަަ އެޅި ޔަހޫދީ ފައުޖުތަކުން ބުނެފި އެވެ.
ގާޒާއަށް ހަމަލާ ދިނުން ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާ ހަމާސް އިން ހިލާފުވެފައިވާ ކަމަށް ބުނެ އަންގާރަ ދުވަހުގެ ރޭ ދިން ވަރުގަދަ ވައިގެ ހަމަލާތަކަށް ފަހު އިޒްރޭލުގެ ޑިފެންސް މިނިސްޓަރު އިޒްރޭލް ކާޒް ބުނީ ޓެރަރިސްޓް ހަމާސް ޖަމާއަތުގެ އެއްވެސް ލީޑަރަކަށް ހިމާޔަތެއް ނޯންނާނެ ކަމަށެވެ.
ހަމަ އެގޮތަށް ގަތަރާއި އެހެން ގައުމުތަކުގައި ތިބި ހަމާސްގެ ލީޑަރުންނަށް ވެސް އިންޒާރު ރައްދުކުރަމުން ކާޒް ބުނީ ސޫޓް ލައިގެން ތިއްބަސް އަދި ބިންގަރާހުގައި ތިއްބަސް އެއްވެސް ލީޑަރަކަށް ހިމާޔަތް ނޯންނާނެ ކަމަށެވެ.
"އިޒްރޭލު ސިފައިންގެ މީހަކާ ދެކޮޅަށް އުފުލައިފި ކޮންމެ އަތެއް ބުރިކޮށްލާނަން. ހަމާސްގެ އަމާޒުތަކަށް ހަމަލާ ދިނުން ކުރިއަށް ގެންދަން އޮންނަނީ ސިފައިންނަށް އަންގާފައި،" ކާޒް ހަރުކަށިކޮށް އިންޒާރު ދިނެވެ.
ގަތަރުގައި ތިބި ހަމާސްގެ ލީޑަރުންނަށް އިޒްރޭލުން އިންޒާރު ދީފައި ވާއިރު ގަތަރަކީ އޮކްޓޫބަރު 7، 2023 އިން ގައި އިޒްރޭލާއި ހަމާސްއާ ދެމެދު ފެށި ހަމަލާތައް ނިމުމަކަށް ގެނެސް އިޒްރޭލުގެ އަސީރުން މިނިވަންކުރުމަށް މެދުވެރިއެއްގެ ދައުރު އެންމެ ބޮޑަށް އަދާކުރި ގައުމެވެ. އަދި މި މަހުގެ 10 ވަނަ ދުވަހު ވީ އެއްބަސްވުމަށް ޔަގީންކަން ދިން ގައުމުތަކުގެ ތެރޭގައި ވެސް ގަތަރު ހިމެނެ އެވެ.
އިޒްރޭލުން ވަނީ ސުލްހައިގެ މަޝްވަރާގައި ހަމާސްގެ ފަރާތުން ބައިވެރިވާ ލީޑަރުން ގަތަރުގައި މަޝްވަރާކުރަމުން ގެންދަނިކޮށް މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު އެތަނަށް ވެސް ހަމަލާ ދީފަ އެވެ. އެކަމަކު އެ ހަމަލާއާ މެދު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވަނީ ނުރުހުންވެ އިޒްރޭލަށް ފާޑު ވިދާޅުވެފަ އެވެ.
ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވެ، ޓްރަމްޕުގެ 20 ނުކުތާގެ ހުށަހެޅުމަށް ހަމާސް އާއި އިޒްރޭލުން އެއްބަސްވީ އޭގެ ދުވަސްކޮޅެއް ފަހުންނެވެ. އެހެން ނަމަވެސް މި އެއްބަސްވުމާއި އިޒްރޭލުން ހިލާފުވެ މިހާރު ދަނީ ގާޒާއަށް ވަރުގަދައަށް ވައިގެ ހަމަލާތައް ދެމުންނެވެ.
ތައިލެންޑުގެ އިންހެލާ ފުޅީގެ ބެޗެއް ތަޣައްޔަރުވެއްޖެ
ވިހެއުމަށްފަހު ޖެނިފާ ޕްލާސްޓިކް ސާޖަރީ ހަދަނީ!
ސިނގިރޭޓް މައްސަލައަށް ފަހު ވެސް ކޮރަޕްޓް މުއައްސާތަކުގެ ދިފާއަށް