ކެރޭނެއް ގަތުމަށް ކަމަށް ބުނެ، ކެރޭނު ނުގަނެ އެއަށްވާ 19 މިލިއަން ރުފިޔާ އެމްޕީއެލްއިން ކުންފުންޏަކަށް ދޫކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.
"ހުރިހާ"އަށް އެނގިފައިވާގޮތުގައި މިކަން ހިނގާފައި ވަނީ 2024 ވަނަ އަހަރު މާޗް މަހުގެ ތެރޭގަ އެވެ.
އެމްޕީއެލް ހުޅުމާލެ ޓާމިނަލްގައި ބެހެއްޓުމަށް ކީ ކްރޭނެއް ގަތުމަށް ބިޑަކާއި ނުލައި އެމްޕީއެލް އިން ދީފައިވަނީ ބިޒް އޭޝިއާ ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކަށެވެ. އެ ކުންފުންޏަށް ފައިސާ ދޫކޮށްފައިވާއިރު، މިހާތަނަށް ވެސް އެ ކެރޭނު ގެނެސްފައެއް ނުވެ އެވެ.
ބިޒް އޭޝިއާގެ ޑައިރެކްޓަރުންނަކީ އިބްރާހިމް އިޝާން އާއި އަހްމަދު ޒިޔާދު މުހައްމަދު އެވެ. އޭޝިއާ ފޯވާޑިން ޕްރައިވެޓް ލިމިޓެޑްގެ ވެސް މެއިން ޝެއާހޯލްޑަރުންނަކީ މި ދެމީހުންނެވެ.
މިކްރޭން ގަތުމަށް އެޑްވާންސް ފައިސާގެ ގޮތުގައި އެކްރޭންގެ އަގުގެ 90 އަށްވާ 19 މިލިއަން ރުފިޔާ ވަނީ ބިޒް އޭޝިއާ އަށް ދީފަ އެވެ.
މި ސަރުކާރުން މިފަދަ ބޮޑެތި ކޮރަޕްޝަންތައް ހިންގާއިރު، އެންޓި ކޮރަޕްޝަން ކޮމިޝަނުން މިފަދަ މައްސަލަތައް ތަހުގީގެއް ނުކުރެ އެވެ. އެ ކޮމިޝަނުން އުޅެނީ މިދިޔަ ސަރުކާރުގެ ކޮރަޕްޝަން މައްސަލަތައް ބަލައި ފިޔަވަޅު ނޭޅިގެންނެވެ.