ކޮންމެ ރޯދަ މަހަކަށް އެންމެ އަގު ބޮޑުވެގެންދާ، ތ. ކަނޑޫދޫ މިރުހުގެ އަގު ބާޒާރުމަތީގައި ދަށްވެއްޖެ އެވެ.
މިއަހަރުގެ ރޯދަ މަސް ފެށުމުގެ ކުރިން ބާޒާރުމަތީގައި ކަނޑުދޫ މިރުސް ކިލޯއެއް ލިބެން ހުރީ 450 ރުފިޔާ އަށެވެ.
އެހެން ނަމަވެސް ރޯދަ މަސް ފެށިގެން ހަ ދުވަސްވީއިރު މިއަދު ބާޒާރުމަތީގައި ކަނޑޫދޫ މިރުސް ކިލޯއެއް ލިބެން ހުރީ 150 ރުފިޔާ އާއި 200 ރުފިޔާ އާ ދެމެދު ގަ އެވެ. އަދި މިއަދު ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގައި ވެސް ކަނޑޫދޫ މިރުސް ތިޔާގިކަން ފާހަގަ ކޮށްލެވެ އެވެ.
މި އަގުތަކަކީ މި ރަމަޟާން މަސް ފެށުނު އިރަށް ވުރެ ހެޔޮ އަގުތަކެކެވެ.
ކައިޒީން އޭނާގެ ކޮއްކޮއަށް ލަގްޒަރީ އެޕާޓްމަންޓެއް ގަނެދީފި
އަމިއްލަ ނަފްސަށް ކުރާ އިތުބާރު ބޮޑު ކުރަން 7 އުސޫލެއް!
އީރާނަށް އަޅާފައިވާ ބައެއް ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައިފި
