މިސްރުގެ ވެރިރަށް ގާހިރާގެ ރަށްބޭރުގައިވާ އަހުރާމެއްގެ ތެރޭގައި ހުރި ފިރުއައުނު ޒަމާނުގެ ގަދީމީ ކުރެހުމެއް ވީނުވީއެއް ނޭނގި ގެއްލިއްޖެ އެވެ.
މިސްރުގެ އިދާރާތަކުން ބުނި ގޮތުގައި އެގައުމުގެ ސައްގާރާ ނެކްރޮޕޮލިސް ޓޮމްބްގައި ބަހައްޓާފައިހުރި އެ ކުރެހުން ގެއްލިފައިވަނީ މިދިޔަ ހަފްތާގެ ތެރޭގަ އެވެ.
އެ ކުރެހުމަކީ ގަދީމީ މިސްރުގެ ކަލަންޑަރާއި މޫސުންތައް ބެހިފައިވާ ގޮތް ދައްކުވައިދޭ ކުރެހުމެއް ކަމަށް އެގައުމުގެ މީޑިއާތަކުން ބުނެ އެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް މިސްރުގެ އިދާރާތަކުން ބުނެފައިވާއިރު އެކަމާ ގުޅޭ އެހެން އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ.
ބުނެވޭ ގޮތުގައި އެ ކުރެހުން އެންމެ ފުރަތަމަ ފެނުނު ޒިއާރަތަކީ އީސާގެފާނު ދުނިޔެއަށް ވަޑައިގަތުމުގެ 2700 އަހަރު ކުރިއަށް ތާރީހު ކުރެވޭ ޒިއާރަތެކެވެ.
މިސްރަކީ މުއްސަނދި ތާރީހެއް ލިބިގެންވާ ގައުމަކަށް ވާއިރު އެ ގައުމުގެ ތާރީހާ ގުޅުންހުރި ތަފާތު އާސާރުތައް އެކި ފަހަރު މަތިން ވަރަށް ނަގާފައިވެ އެވެ.
ދިރާގު ރޯދަ ރެޑީ ޕްރޮމޯޝަންގެ ފުރަތަމަ ހަފްތާގެ ނަސީބުވެރިން
ހާއްސަ މުސީރުގެ މަގާމުން ވަހީދު އިސްތިއުފާ ދެއްވައިފި
2.4 ބިލިއަން ރުފިޔާ އިންވެސްޓްކޮށްގެން ގެއްލުމެއް ނުވާނެ