ބޭސް އެތެރެކުރަން ރައީސް މުހައްމަދު މުއިއްޒު ކުންފުންޏެއް އުފެއްދެވުމުގެ ބޭނުމަކީ ވައްކަންކުރުން ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެ އެވެ.
ރާއްޖެއަށް ބޭސް އެތެރެކޮށް ދިވެހީން ކޮންމެހެން ބޭނުންވާ ބޭސްތައް އަގުހެޔޮކޮށް ފޯރުކޮށްދިނުމުގެ މަސްއޫލިއްޔަތު މިހާތަނަށް އަދާކުރަމުން އަންނަނީ އެސްޓީއޯއިންނެވެ. އެ ކުންފުނީގައި އެކަމަށް ގާބިލް މުވައްޒަފުން އެބަތިއްބެވެ. އަދި އެސްޓީއޯ މެޑިކަލްސްގެ ނަމުގައި ހާއްސަ ޑިޕާޓްމަންޓެއް ވެސް އެ ކުންފުނީގައި އޮވެ އެވެ.
ކަންމިހެން ހުރިއިރު، "ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް" ނަމުގައި ރައީސް މުއިއްޒު އިއްޔެ ވަނީ ކުންފުންޏެއް އުފައްދަވާފަ އެވެ. އެ ކުންފުނީގެ މަގުސަދަކީ ޑޮކްޓަރީ ބޭހުގެ އިތުރުން މެޑިކަލް ކޮންޒިއުމަބަލްސްއާއި، މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގަނެ ރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް ފުޅާކޮށް، އެތަކެތި ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުން ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.
މިކަމާ ގުޅިގެން އަމްރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބޭހާއި މެޑިކަލް ކޮންޒިއުމަބަލްސް އެތެރެކުރަން ހާއްސަ ކުންފުންޏެއް ހަދަންޖެހޭ ހަމައެކަނި ސަބަބަކީ ވައްކަން ކުރުން ކަމަށެވެ.
"ވައްކަން ކުރަމުން ކުރަމުން ކުރަމުން ގޮސް ބަލި މީހާގެ ބޭސް ކޮތަޅުން ވައްކަން ކުރަން ފަށަނީ. ކުންފުންޏެއް ހަދަންޖެހޭ އެއްވެސް އެހެން ސަބަބެއް ނެތް،" އޭނާ ވިދާޅުވި އެވެ.
ސަރުކާރުން އާ ކުންފުންޏެއް މި އުފެއްދީ ރާއްޖެއިން ލިބުން ދަތި ބޭސް ދެމެހެއްޓެނެވި ގޮތެއްގައި ހޯދުމަށް އިންޑިއާ ސަރުކާރުން ހިންގާ އެޗްއެލްއެލް ލައިފްކެއާ ލިމިޓެޑާ އެކު އެސްޓީއޯއިން މި އަހަރު މެއި މަހު އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނިކޮށެވެ.
އެ އެއްބަސްވުމުގެ ދަށުން ބޭސް ފޯރުކޮށްދޭނީ އިންޑިއާގެ ޕްރަދާން މަންތްރީ ބާރަތިޔާ ޖަނައުޝަދި ޕަރިޔޯޖަނާ (ޕީއެމްބީޖޭޕީ) ސްކީމުގެ ދަށުންނެވެ.
އެސްޓީއޯއިން ބުނީ ޖަނައުޝަދި ސްކީމްގެ ދަށުން ރާއްޖެއަށް އިންޑިއާއިން މެދުނުކެނޑި އަދި އަތްފޯރާ އަގެއްގައި މުހިންމު ބޭސްތައް ލިބޭނެ ގޮތް މަގުފަހިވާނެ ކަމަށެވެ.
ޢަމްރު އެބުނީ ވަރަށް ރަނަގަޅަށް. ހަމަ ވައްކަން ކުރުމުގެ ފުރުސަތު ދިނުމަށް ހެދި ކުންފުންޏެއް އެއީ، ބޭހާއި މެޑިކަލް އައިޓަމްތައް ސަރުކާރުގެ ކުންފުންޔަކުން އެތެރެކޮށް ވިއްކާ ކޮންމެ ރަށެއްގައި ފާމަސީ ހަދައިގެން ބޭހުގެ ވިޔަފާރި ބަރާބަރަށް ކުރަމުން ދަނިކޮށް ސަރުކާރުން ދެވަނަ ކުންފުންޔެއް އުފެއްދުމުގެ މަޤްޞަދު ވަރަށް ރަނގަޅަށް ސާފު،
ރިޕްލައި