ދިރާގުން ކުރިއަށްގެންދިޔަ ފޯރިގަދަ "ވިން އަ ޑްރީމް ހޮލިޑޭ" ޕްރޮމޯޝަންގެ ނަސީބުވެރިންނަށް އިނާމު ހަވާލުކޮށް ފިއެވެ.

މި ޕްރޮމޯޝަންގެ ދަށުން ސްވިޒަރލޭންޑަށް ދެ މީހުން ދިއުމުގެ ފުރުސަތު، ޝަންގހައި ޑިޒްނީލޭންޑަށް އައިލާއާއެކު (2 މީހުންނާއި 2 ކުޑަކުދިން) ދިއުމުގެ ފުރުސަތު އަދި މެލޭޝިއާއަށް ދެ މީހުން ދިއުމުގެ ފުރުސަތު ދިރާގުން ހުޅުވާލި އެވެ.

މި ގޮތުން، މި އަގުހުރި އިނާމުތަކުގެ ނަސީބުވެރިންނަކީ:

  • ސްވިޒަރލޭންޑް ދަތުރު – ޝަމްރޫހް ޝަރީފް
  • ޝަންގހައި ޑިޒްނީލޭންޑް ދަތުރު – އަހްމަދު ޝިހާމް
  • މެލޭޝިއާ ދަތުރު – ހުސައިން ފަޒީލް

މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ދިރާގު ޕޯސްޓްޕެއިޑް 450 އަދި އެއަށްވުރެ މަތީގެ ޕެކޭޖުތަކަށް އަޕްގްރޭޑް ކޮށްގެން ނުވަތަ ދިރާގު ލިމިޓެއް ނެތް ފައިބަ ޕެކޭޖަކަށް ސަބްސްކްރައިބްކޮށްގެން ވަނީ ލިބިފަ އެވެ.

އެކި ކަސްޓަމަރުންގެ ބޭނުންތަކަށް ހާއްސަކޮށްގެން، ތަފާތު އެކި ޕޯސްޓްޕެއިޑް އަދި ލިމިޓެއް ނެތް ފައިބަ ޕެކޭޖްތައް ދިރާގުން ފޯރުކޮށްދެމުންދާއިރު، ދިރާގަކީ ރާއްޖޭގައި ތަފާތު ގިނަ ޕްރޮމޯޝަންތައް ހިންގައި، ހެޔޮ އަގުގައި ގިނަ އޮފާތަކާއި އަގުހުރި އިނާމުތައް ކަސްޓަމަރުންނާ ހަމައަށް ގެނެސްދެމުންދާ ކުންފުންޏެކެވެ.