ރީޖިނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުން އަހްމަދު މުބީން އިސްތިއުފާ ދެއްވައިފި އެވެ.
އޭނާ އިސްތިއުފާދެއްވީ އާރްއޭސީއެލް އާއި އެމްއޭސީއެލް އެއްކޮށްލުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ.
އާރްސީއެލް އެމްއޭސީއެލްގެ ދަށަށް ކުރިއަށް އޮތް ދެ ތިން މަސްތެރޭ ގެނެވޭނެ ކަމަށް އެމްއޭސީއެލްގެ އޮފިޝަލަކު ވިދާޅުވިއެވެ. ސަރުކާރުން ހިންގާ އަތޮޅުތެރޭގެ ހުރިހާ އެއާޕޯޓެއް އެމްއޭސީއެލްގެ ދަށަށް ބަދަލުކުރަން ކެބިނެޓުން ވަނީ ނިންމާފަ އެވެ.
މުބީން އަކީ މީގެކުރިން ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
ފަތުރުވެރިންތަކަކާ އެކު ލޯންޗެއް ބަންޑުން ޖަހާލައިފި
މާލޭ ހިޔާ އެކެއްގެ 5 ވަނަ ފްލޯއިން މީހަކު ވެއްޓިގެން ފަރުވާދެނީ
މައިކަލް ޖެކްސަން ބައޮޕިކްގެ ޓްރެއިލާ ނެރެފި
