އއ.މާޅޮހުގައި ބޮޑެތި ޒަހަމްތަކެއް ދީ އުމުރުން ދުވަސްވީ މީހަކު މަރާލައިފި އެވެ.
ފުލުހުން ބުނީ މާޅޮހުގެ ގެއެއްގައި ނިދާފައި އޮތް މީހަކަށް ބޮޑެތި ޒަހަމްތަކެއް ދިނުމުގެ ސަބަބުން ސިއްހީ މަރުކަޒަށް ގެންދެވި ފަރުވާ ދެމުންދާ ކަމުގެ މައުލޫމާތު ރޭ ދަންވަރު 1:50 ހާއިރު ލިބިފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެމީހާ އަށް ފަރުވާ ދެމުން ދަނިކޮށް ރޭ ފަތިހުގެ ވަގުތެއްގައި ނިޔާވެފައިވާކަމަށެވެ.
ފުލުހުން ބުނި ގޮތުގައި ނިޔާވީ އއ.މާޅޮސް/ އޯކިޑްމާގެ، އަބްދުލް ރަހުމާން އާދަމް (65 އ.) އެވެ.
މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު، މައްސަލައިގެ ތަހުގީގަށް ފުލުހުންގެ ތަހުގީގު ޓީމެއް މާލެއިން އެރަށަށް ދަނީ ދަތުރުކުރަމުންނެވެ.
މިއަހަރުގެ އެއް މިލިއަންވަނަ ފަތުރުވެރިޔާ ރާއްޖެ އަތުވެއްޖެ
ޕްރިޔަންކާގެ ކުރިއަށް އޮތް ޕްރޮޖެކްޓް ޖޭލޯއާ އެކުގައި!
ބުރަކަށީގެ ރިހުން ނުފިލަނީ ދިރިއުޅުމުގެ އާދަތަކުގެ ސަބަބުން؟