ރެފްކޫލް މޯލްޑިވްސްއަށް 700،000 އަށް ވުރެ ގިނަ ރުފިޔާ ދައްކަން، ފެނަކަ ކޯޕަރޭޝަންގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.
ބުދަ ދުވަހު ސިވިލް ކޯޓުން އެ ހުކުމް ކުރީ ރެފްކޫލް އިން ފެނަކައަށް ފޯރުކޮށްދީފައިވާ ހިދުމަތްތަކަކަށް ދައްކަން ޖެހޭ ފައިސާ ދައްކާފައިނުވާކަން ޝަރީއަތަށް ސާބިތުވުމުންނެވެ.
ފެނަކައިން ކޯޓުގައި އެދުނީ ތިން މަހަށް ބަހާލައިގެން އެ ފައިސާ ދެއްކުމަށް ހުކުމްކޮށްދިނުމަށެވެ. ރެފްކޫލް އިން ވެސް ވަނީ އެކަމަށް އެއްބަސްވެފައެވެ.
އެހެންވެ އެ ފައިސާ ތިން މަސް ދުވަހުގެ ތެރޭގައި ދައްކައި ހަލާސްކުރުމަށް އެ ހުކުމްގައި ފެނަކައަށް ވަނީ އަންގާފަ އެވެ.
ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން އެންމެ ދަރަނި ބޮޑުވެފައި ވަނީ ވެސް ފެނަކައިގަ އެވެ. އެ ކުންފުންޏާ ގުޅޭ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ.
ކައުންސިލް އިންތިޚާބާއެކު ރިފަރެންޑަމް ބާއްވަން ޕާޓީތަކުން ދެކޮޅު
ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާ ވެސް އިސްތިއުފާ ދެއްވައިފި
ހާއްސަ މުސީރުގެ މަގާމުން ވަހީދު އިސްތިއުފާ ދެއްވައިފި
