ސިފައިންގެ ކުންފުނި ސިވެކްގެ ކޮޅުވެއްޓިއެއް ބަންޑުން ޖަހާލުމުގެ ހާދިސާގައި ސުވާލު އުފެދޭ ކަންތައްތަކެއް އެބަހުރި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ކާށިދޫ ކަނޑަށް ސިފައިންގެ ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި ސިފައިންގެ މީހަކު ވަނީ މަރުވަފަ އެވެ. އަދި އޭގައި ހުރި ބިދޭސީ މީހަކު ވަނީ ގެއްލިފަ އެވެ.

ޕީއެންއެފް އިން މިރޭ ބޭއްވި ޖަލްސާގައި އެކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ ސިފައިންނަކީ ކަނޑުދަތުރުފަތުރުގައި އެންމެ ބޮޑަށް ސަމާލުވާނެ މީހުން ކަމަށާއި މިފަދަ ހާދިސާއެއް ދިމާވާން މެދުވެރި ވާން ޖެހޭ ސަބަބެއް އޮންނާނެކަން ގަބޫލު ކުރެވޭ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ މައުލޫމާތު ލިބިފައިވާ ވާގޮތުގައި މުދާ އުފުލާ އެ ކޮޅުވެއްޓިއަކީ ބާވެފައި ވާއެއްޗެއް ކަމަށެވެ. އެހެންކަމުން އެކަމުގައި ސުވާލު އުފެދޭ ކަންތައްތަކެއް އެބަހުރި ކަމަށް ޔާމީން ވިދާޅުވި އެވެ.

"އާދަޔާ ހިލާފަށް ކަނޑު ގަދައިއްޔާ އެމްއެންޑީއެފް އިން އެންމެ ސަމާލު ވާނީ، ރެޑް އެލާޓާއި ޔެލޯ އެލާާޓާާއި ހުރިހާ ކުލައެއްގެ އެލާރޓް އިނގޭތޯ، ކަނޑު މަގުން ދުއްވާ އެއްޗިހީގެ ސީވާ ދިނަށް ޗެއްކުރަން ދޭތެރެ ދޭތެރެއިްނ ރެންޑަމް ކޮށް ނަމަވެސް އަރާނީ އެމްއެން ޑީއެފް ސޯ ވަޓް ރިއަލީ ހެޕެންޑް؟،" ޔާމީން ވިދާޅުވި އެވެ.

އެ ހާދިސާގައި މަރުވި ސިފައިންގެ މީހާގެ އާއިލާއަށް ޔާމީން ވަނީ ތައުޒިޔާ ވިދާޅުވެފަ އެވެ.