ޕްރިޔަންކާ ޗޯޕްރާއާއި ނިކް ޖޯނަސްގެ ދަރިފުޅު މާލްތީ މޭރީ އޭނާގެ ބައްޕަ ނިސްބަތްވާ ޖޯނަސް ބްރަދާސްއަށް ކިޔާ ނަން ޕްރިޔަންކާ ހާމަކޮށްފި އެވެ.
"ޓްނައިޓް ޝޯ"އަށް ދިން އިންޓަވިއުއެއްގައި ޕްރިޔަންކާ ވަނީ އެމީހުންގެ ތުއްތު ދަރިފުޅު ދީފައިވާ މަޖާ ނަން ހާމަކޮށްފަ އެވެ. ދުނިޔޭގެ މަޝްހޫރު ޖޯނަސް ބްރަދާސް މާލްތީއަށް ވީ މީރު ސްނެކަކަށެވެ. މާލްތީ ޖޯނަސް ބްރަދާސްއަށް ކިޔަނީ "ޑޯނަޓް ބްރަދާސް" ކަމަށް ޕްރިޔަންކާ ވަނީ ހާމަކޮށްފަ އެވެ.
ޕްރިޔަންކާ ހެމުން އެވާހަތައް ހިއްސާކުރަމުން ބުނީ މާލްޓިއަށް ބައްޕަ މެންގެ ގްރޫޕަކީ ކިހާ މަޝްހޫރު ބައެއްކަން ނޭނގޭއިރު ދީފައިވާ ނަމަކީ ވަރަށް މަޖާ ނަމެއް ކަމަށެވެ. ޕްރިޔަންކާ ބުނީ ޖޯނަސް ބްރަދާސްއަށް މާލްތީ ދިން ނަން އެ ބޭންޑުން ބޭނުން ކުރަން ފެންނަ ކަމަށެވެ.
އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ނިކް ޖޯނަސް އާއި ޕްރިޔަންކާ ދަރިފުޅު މާލްތީ މޭރީ ޗޯޕްރާ ޖޯނަސް އަށް މަރުހަބާ ކިޔާފައިވަނީ 15 ޖެނުއަރީ 2022 ގަ އެވެ. ޕްރިޔަންކާ ގެންދަނީ އިންޓަވިއުތަކުގައި މާލްޓިގެ މަޖާ ވާހަކަތައް ހިއްސާކުރަމުންނެވެ.