އެމްޑީޕީ ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކުރީގެ ސަރުކާރުން އަޅާފައިވާ ފްލެޓްތައް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބައްލަވާލައްވައިފި އެވެ.
ރައީސް މުއިއްޒު މިއަދު ވަނީ ފްލެޓްތަކަށް ވަދެވަޑައިގެން އެތަންތަން ބައްލަވާލެއްވުމުގެ އިތުރުން މުޅިން ނުނިމޭ ފްލެޓްތަކުގެ މަސައްކަތް ކުރިއަށްދާގޮތާ ގުޅޭ މައުލޫމާތު އޮޅުންފިލުވާފަ އެވެ.
އެމަނިކުފާނުގެ އަރިހުގައި ހައުުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި ފަހިދިރިއުޅުން ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލާއި އެހެން ބައެއް ވަޒީރުން ވެސް ބައިވެރިވެވަޑައިގަތެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިމާރާތްކޮށްފައިވާ 4000 ފްލެޓްގެ ލިސްޓް މި ސަރުކާރުން އަލުން ރިވިއުކުރިގޮތުން ގިނަ ބައެއްގެ ހައްގު ގެއްލޭތީ އެތައް ބަޔަކު ކަންބޮޑުވުންފާޅުކުރުމުން ސަރުކާރުން ވަނީ ނިންމުން ބަދަލުކޮށްފަ އެވެ.
ސަރުކާރުން މިހާރު ނިންމާފައި ވަނީ މިދިޔަ ސަރުކާރުން ނެރުނު ފްލެޓް ލިސްޓްގައި ހުރި ކަނޑައެޅިގެން ޝަރުތުހަމަނުވާ ކަމަށް ފާހަގަވާ މީހުން އުނިކުރުމަށްފަހު ޝަރުތުހަމަވާ އެންމެންނަށް ފްލެޓް ދިނުމަށެވެ.
މިނިސްޓަރު މުއްތަލިބު މީގެކުރިން ވިދާޅުވެފައި ވަނީ ޖުލައި މަހުގެ ތެރޭގައި 1000 ފްލެޓަށް މީހުންނަށް ވަދެވޭވަރު ވާނެ ކަމަށެވެ. އަދި ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހުރިހާ ފްލެޓްތަކަށް މީހުންނަށް ވަދެ ނިމޭނެ ކަމަށް ވިދާޅުވި އެވެ.
ތައިލެންޑުގެ ކުރީގެ ބޮޑުވަޒީރު ތަކްސިން ޖަލުން މިނިވަންވެއްޖެ
"ރެޑީ އޯ ނޮޓް 2"އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ފައިދާއެއް!
33 އަހަރަށްފަހު "ދަ ލޭޓް ޝޯ" ހުއްޓާލަނީ!
