އެ މައްސަލަ ޝަމްއާންގެ ފަރާތުން އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު އަބްދުﷲ ހަމީދުގެ އަޣުލަބިއްޔަތުން މިއަދު ނިންމީ ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުކުރަން ނެރުނު އަމުރަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް. އެ ދެ ފަނޑިޔާރުންނަކީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރުމަށްފަހު ދާދިފަހުން އައްޔަންކުރި ދެ ފަނޑިޔާރުން.

ޝަރީއަތް ނިމެންދެން ބަންދު ކޮށްފައިވާ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު ބަންދުން ދޫނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ޝަމްއާން މިދިޔަ މާޗް މަހު ހައްޔަރުކުރީ އިމިގްރޭޝަނުން ހިފެހެއްޓި ބިދޭސީއެއްގެ އަތުން ފައިސާ ނެގުމަށްފަހު، އެ މީހާ ދޫކޮށްލި ކަމަށް ތުހުމަތުކޮށްފަ އެވެ. މައްސަލާގައި ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުން އޮތީ ދަމަހައްޓައިފަ އެވެ.

އެ މައްސަލަ ޝަމްއާންގެ ފަރާތުން އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު އަބްދުالله ހަމީދުގެ އަޣުލަބިއްޔަތުން މިއަދު ނިންމީ ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުކުރަން ނެރުނު އަމުރަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.

އެ ދެ ފަނޑިޔާރުންނަކީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރުމަށްފަހު ދާދިފަހުން އައްޔަންކުރި ދެ ފަނޑިޔާރުންނެވެ.

ނަމަވެސް ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ ރައުޔު ތަފާތުވި އެވެ. އޭނާގެ ރައުޔަކީ ޝަމްއާންގެ ފަރާތުން ހެއްކަށް ނުފޫޒު ފޯރުވާނެ ކަމަށް ބެލެވޭ ސަބަބުތަކެއް ދައުލަތުން ހުށަހަޅާފައި ނުވާތީ, އޭނާ ބަންދުކުރަން ނެރުނު އަމުރު ބާތިލް ކުރަންޖެހޭ ކަމަށެވެ.

ޝަމްއާންގެ މައްޗަށް މިހާރު ވަނީ ތިން ދައުވާއެއް އުފުލައިފަ އެވެ.

އެއީ ފޭރުމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ އެވެ. އެ ދައުވާތައް ސާބިތުވެއްޖެނަމަ ނުވަ އަހަރެއްހާ ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.