އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނާ ސަރުކާރުން ޑީލް ހަދައިގެން އެމަނިކުފާނުގެ ރިޓަޔާމަންޓް ޕެންޝަން ބޮޑުކުރުމަކީ ކޮރަޕްޝަން ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.
މާލިއްޔަތު ކޮމިޓީގައި މިއަދު ވާހަކަދައްކަވަމުން ޝަމްހީދު ވިދާޅުވީ މިއަދު ފެންނަމުން މިދަނީ ޕެންޝަންތައް ކުޑަކުރަންޖެހޭ ކަމަށް ސަރުކާރުގެ މެންބަރުން ދައްކަމުން އައި ވާހަކައާ ދިމާ އިދިކޮޅު މަންޒަރެއް ކަމަށެވެ.
"ހަރަދުކުޑަކުރަން ހުރިހާ ވާހަކައެއް ދައްކާފަ. މިއަދު ސަރުކާރުން ޑީލެއް ހަދަން ވީމަ. ނޫނި އުއްތަމަ ފަނޑިޔާރު ރިޓަޔަކުރަން ވީމަ އޭނައަށް ލިބޭ އިނާޔަތްތައް ކުއްލިއަކަށް ދެގުނަ ކުރާ ގޮތަށް މިތަނަށް ގެނެސް މިކަންތައް ކުރުމަކީ ހަމަ ކޮރަޕްޝަންގެ ތެރެއިން ހިނގާ ކަންތައްތައް. މިވެސް ކޮރަޕްޝަނޭ އޭގެ ޒާތުގަ،" ޝަމްހީދު ވިދާޅުވި އެވެ.
ޝަމްހީދު ވިދާޅުވީ ރާއްޖޭގެ ނައިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް އެންމެ ކުޑަމިނުން ސެކިޔުރިޓީ ވެސް ނޯންނައިރު، އެއަށްވުރެ ބޮޑު އިނާޔަތެއް އުއްތަމަ ފަނޑިޔާރަށް ދިނުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ.
މަޖިލިސް މެންބަރުންގެ މަހު މުސާރައަށް ލިބޭ ވަރު، އަދި ރާއްޖޭގެ ބޮޑެތި ހޮސްޕިޓަލުތަކުގެ ނަރުހުންނާއި ޑޮކްޓަރުން ރިޓަޔާ ކުރުމުން ލިބޭ ވަރަށްވުރެ ބޮޑު އިނާޔަތެއް އުއްތަމަ ފަނޑިޔާރަކަށް ދިނުމަކީ ކުރަން ހެޔޮވާވަރު ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އީރާނުގެ އިންޖީނުގެތައް ގޮއްވާލާނެކަމުގެ އިންޒާރު ދީފި
އެމެރިކާގެ ޖެޓްތަކަށް ތެޔޮ އަޅަން ކާޑެއްދޫއަށް ޖައްސަނީ؟
ބޮލީވުޑް: 90ގެ އަހަރުތަކުގައި އެންމެ އަގުބޮޑު ތަރިން!
