ދުނިޔޭގެ އަޑީގައިވާ ސަރަހައްދެއްގައި ބަންދުވެފައިވާ ފެންގަނޑެއް ސައިންސްވެރިން ހޯދައިފި އެވެ.
ބިމުގެ އަޑިން ގާތްގަނޑަކަށް 250 މޭލު ފުންމިނުގައި ހުރި މި ފެން ރިޒަވާ ހުރީ ރިންގްވުޑައިޓް ނަމަކަށް ކިޔާ މިނެރަލްއެއްގެ ތެރޭގަ އެވެ.
މިއީ އާންމު ގޮތެއްގައި ފެންނަ ފަދަ ދިޔާ ފެނުގެ ބޮޑީއެއް ނޫނެވެ. އެގޮތުން މިއީ ކްރިސްޓަލައިން ސްޓްރަކްޗާއެއްގެ ތެރޭގައި ހިފެހެއްޓިފައިވާ ފެނެއް ކަމަށް ސައިންސްވެރިން ބުނެފައިވެ އެވެ.
މި ހޯދުމުގެ ސަބަބުން ދުނިޔޭން ލިބޭނެ ފެނުގެ ވަސީލަތްތަކާ ގުޅޭ ގޮތުން ގަބޫލުކުރެވޭ ކުރެވުންތަކަށް ގިނަ ސުވާލުތަކެއް އުފެދިފައިވެ އެވެ. އަދި މިހާތަނަށް ހީކުރެވޭ ވަރަށްވުރެއް މާ ފުން ގްލޯބަލް ވޯޓާ ސައިކަލްއެއް އޮތްކަން މި ހޯދުމުން ދައްކުވައިދެ އެވެ.
މި ހޯދުން ހޯދުމަށް ސައިންޓިސްޓުން ބޭނުންކޮށްފައިވަނީ ބިންހެލުމުގެ ސަބަބުން އުފެދޭ ސައިސްމިކް ވޭވްސް އެވެ. މި ވޭވްސްތައް މެންޓަލްގެ ތެރެއިން ދަތުރުކުރާއިރު އޭގެ ބަދަލުތަކުން ރިންގްވުޑައިޓްގެ ތެރޭގައި ފެން ހުރިކަން ދައްކުވައިދެ އެވެ.
ﷲގެ މަގަށް ރުޖޫއަވެގެން މެނުވީ ސަލާމަތެއް ނެތް: ހުތުބާ
"އޮމެގާ 3"އިން ހަނދާނަށް އެއްވެސް އަސަރެއް ނުކުރޭ: ދިރާސާ
އެމެރިކާ ދެވަނަ ބުރަށް، ދެ މެޗުން ބަލިވެ ތުރުކީ ކަޓައިފި