ނ. އަތޮޅުގައި ހިންގާ ސިޔާމް ވޯލްޑް ރިސޯޓް ނެރު ކައިރީ ފީނަން އުޅުނު މީހެއްގެ ގައިގައި ލޯންޗަކުން ޖެހި އަތް ބިނދިއްޖެ އެވެ.
ފުލުހުން ބުނީ އެ ހާދިސާ ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ ރޭ 10:30 ހާއިރު ކަމަށެވެ.
އެ ހާދިސާގައި އަނިޔާ ވެފައި ވަނީ 30 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކަށެވެ. އޭނާއަށް އޭޑީކޭ ހޮސްޕިޓަލްގައި އަންނަނީ ފަރުވާދެމުންނެވެ.
"އެ މީހާގެ ކަނައަތު އޮޅަނބޮއްޓާ ހިސާބުން ބުރިވެ، ބޮޑެތި އަނިޔާތަކެއް ވަނީ ވެފައި،" ފުލުހުން ބުންޏެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
އެނގިފައިވާގޮތުގައި އެ ދޯނިން ދަތުރުކުރި މީހުން ނ. މަނަދޫ ޕޮލިސް ސްޓޭޝަނަށް ހާޒިރުކޮށް ވަނީ ބަޔާން ނަގާފަ އެވެ.
ޕްރިޔަންކާއަށް "ގްލޯބަލް ވެންގާޑް" އެވޯޑް ލިބިއްޖެ
އަޅުގަނޑު މިހުރީ ކޯޯޓު އަމުރާ ހިލާފުވާން ތައްޔާރަށް: ނަޝީދު
މައުލޫމާތުގެ ސައްހަކަމާއި އިތުބާރު ދަމަހައްޓަންޖެހޭ: ޝަރީފް
