ކޮވިޑްގެ ކޭސްތަކާ ގުޅިގެން މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ރަށްތަކަށް ވެސް ވޯޓުލާން ދެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސް ޝަރީފް މިއަދު ވިދާޅުވީ ރަށު ޓާސްކު ފޯހުގެ ހުއްދައާ އެކު މޮނިޓަރިންގެ ހާލަތުގައިވާ ރަށްތަކަށް ވޯޓުލާން ދެވޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފައިވާ ކަމަށެވެ.
ކޮވިޑްގެ ކޭސްތަކާ ގުޅިގެން 10 ރަށެއް މިހާރު އޮތީ މޮނިޓަރިންގެ ހާލަތުގަ އެވެ. އަންނަ ހޮނިހިރު ދުވަހު އިންތިޚާބު އޮންނައިރު، ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާން ބޭނުންވާ މީހުންނަށް ރީ ރަޖިސްޓްރީވާން ހުޅުވާލި ފުރުސަތު މިހާރު ވަނީ ބަންދުވެފަ އެވެ. އަދި މިހާރު އިލެކްޝަންސް ކޮމިޝަނުން ވަނީ ފައިލަން ވޯޓާސް ލިސްޓްވެސް ނެރެފަ އެވެ.
ޚާއްސަ އުސޫލުތަކެއްގެ ދަށުން ކައުންސިލް އިންތިޚާބުގެ ކެމްޕެއިނަށް ރަށްރަށް ދެވޭނެ އުސޫލެއް އާންމު ކުރުމަށްފަހު ފަހުން އެޗްޕީއޭ އިން ވަނީ އެ އުސޫލު ބާތިލްކޮށްފަ އެވެ.
އިލެކްޝަންސް ކޮމިޝަނުން މިހާރު ކުރިއަށް ގެންދަނީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ އެންމެ ފަހު މަރުހަލާގެ މަސައްކަތްތަކެވެ.
"ސްޕައިޑަ-މޭން: އަ ބްރޭންޑް ނިއު ޑޭ"އަށް 1 ބިލިއަން ޑޮލަރު!
ސަރުކާރުން ބަލި ގަބޫލުކޮށްފި: ނަޝީދު
ކެއުމުން ފަލަވަނީ، ނުކައި ހުރުމުން ވަރުބަލިވަނީ، ހައްލަކީ ކޮބާ؟
