ބޮލީވުޑްގެ ތަރި އާލިޔާ ބަޓް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
ކޮވިޑަށް-19 ޕޮޒިޓިވްވި އިރު އޭނާ ދިޔައީ "ގަންގޫބާއީ ކަތިއާވަޑީގެ" ޝޫޓިންގެ މަސައްކަތް ކުރަމުންނެވެ.
އާލިއާގެ ލޯބިވެރިޔާ ރަންބީރް ސިންގް އަދި "ގަންގޫބާއީ ކަތިއާވަޑީ" ގެ ޑިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ ކޮވިޑު-19 ބަލިން ރަނގަޅުވީ މީގެ ކުޑަދުވަސްކޮޅެއް ކުރިންނެވެ.
އާލިޔާ ކޮވިޑް-19 އަށް ޕޮޒިޓިވް ވި ކަން އޭނާ ވަނީ އިންސްޓަގްރާމް މެދުވެރިކޮށް ފޭނުންނާ ހިއްސާކޮށްފަ އެވެ.
އިންޑިއާގެ މަހަރާޝްޓްރާ ސްޓޭޓްގައި ކޮވިޑް019 ގެ ކޭސްތައް އިތުރުވަމުން ދިޔަ ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ފިލްމުތަކުގެ މަސައްކަތް ކުރަމުންނެވެ. އެއާ އެކު ވެސް މި ފަހަޖަށް އައިސް ބޮލީވޑުން ކޮވިޑް-19 ޖެހޭ ތަރިންގެ އަދަދު ދަނީ އިތުރުވަމުންނެވެ.
ކުރީގެ ސަރުކާރުގެ ވެރިންގެ މައްސަލަ ބަލަން ކޮމިޝަނެއް ހަދަނީ
ނިދާފައި އޮންނައިރު ވެސް ސަރުބީ ވިރުވައިދޭ ބުއިމެއް!
ސައޫދީގައި މުއްސަނދި ބޭރު މީހުންނަށް ރާ ހުއްދަކުރަނީ
