ކަޝްމީރުގެ ޕަހަލްގަމް އަށް ދިން ޓެރަރިސްޓް ހަމަލާއަށް ފަހު އިންޑިއާ އާއި ޕާކިސްތާނުގެ ގުޅުން އިތުރަށް ގޯސްވެ، ޕާކިސްތާނުން އިންޑިއާއަށް މުދާ އެތެރެކުރުން މަނާކޮށްފި އެވެ.
އިންޑިއާގެ ޑައިރެކްޓޮރޭޓް ޖެނެރަލް އޮފް ފޮރިން ޓްރޭޑް އިން ބުނީ ޕާކިސްތާނުން އުފައްދާ އަދި ޕާކިސްތާނުން ބޭރު ކުރާ މުދާ ސީދާކޮށްނާއި ނުސީދާކޮށް އިންޑިއާ އަށް އެތެރެކުރުމަކީ މަނާ ކަމެއް ކަމަށެވެ.
ވަކި ގޮތަކަށް އަންގަންދެން މިފަދައިން އަމަލުކުރުމަށް އެ އިދާރާއިން ވަނީ އަންގާފައިވާއިރު އެއިދާރާއިން ބުނީ މިއީ ގައުމާއި އާއްމު ރައްޔިތުންގެ ސަލާމަތަށް އެޅި ފިޔަވަޅެއް ކަމަށެވެ.
ޕަހަލްގަމް އަށް ދިން ހަމަލާގެ ބަދަލު ހިފުމަށް އިންޑިއާ އިން އަސްކަރީ ގޮތުން ތައްޔާރުވާކަމުގެ އަޑުތައް ފެތުރިފައިވަނިކޮށް ޕާކިސްތާނުން ވަނީ މިދިޔަ ހަފްތާގައި މިސައިލެއް ވެސް ޓެސްޓްކޮށްފަ އެވެ.
އިންޑިއާ އާއި އެހެން ގައުމުތަކުގެ މީހުން ހިމެނޭހެން 26 ފަތުރުވެރިން މަރުވި މި ހަމަލާއަށް ފަހު ދެގައުމުގެ ދެމެދުގައި 9 ރޭ ވަންދެން ވަރުގަދަ ހަމަލާތަކެއް ވެސް ބަދަލުކޮށްފައިވާއިރު ދެގައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުންތަކަށް އަމަލުކުރުން ހުއްޓާލާފައިވާއިރު ދެގައުމުގެ ރައްޔިތުންނަށް ވިސާ ދޫކުރުން ވެސް ވަނީ ހުއްޓާލާފަ އެވެ.
"އޮމެގާ 3"އިން ހަނދާނަށް އެއްވެސް އަސަރެއް ނުކުރޭ: ދިރާސާ
އިޒްރޭލުން އެއްބަސްވުމާ ހިލާފުވެ ހަމަލާދޭތީ މަޝްވަރާ ހުއްޓިއްޖެ
ވަރުބަލިވުމުން ތެދު ހަދަން ފަސޭހަ!