މިއަހަރުގެ "ރޯދަ މަލާފަތް" ސެގްމެންޓްގައި އަޅުގަނޑުމެން މަސައްކަތް ކުރަނީ ދިވެހިންގެ ރަހަތަކާ ގުޅޭ ދިވެހި ކެއުންތައް ކިޔުންތެރިންނަށް ގެނެސްދިނުމަށެވެ.
އެގޮތުން މިއަދު މި ގެނެސްދޭ ކެރެޓު ހަލުވާއަކީ ވެސް ތިޔަބޭފުޅުންގެ ރޯދަ ސުފުރާތައް އިތުރަށް މުއްސަނދި ކޮށްދޭނެ ދިވެހިވަންތަ ފޮނި ކެއުމެކެވެ.
ބޭނުންވާ ތަކެތި
- 4 ޖޯޑު ކެރެޓު (ގާނައިފައި)
 - 1 ޖޯޑު ހަކުރު
 - 4 ޖޯޑު ފުލް ކްރީމް ކިރު
 - 1 މޭޒުމަތީ ސަމުސާ ގިތެޔޮ
 - 10 ކެޝޫ (މެދުން ފަޅި ކޮށްފައި)
 
ތައްޔާރު ކުރާނެ ގޮތް
- ތެއްޔެއްގައި ގިތެޔޮކޮޅު ހޫނު ކުރުމަށްފަހު އެ ވިރުމުން ކެޝޫކޮޅު އަޅައި ތެލުލުމަށްފަހު ޓިޝޫއަކަށް ނަގައި އެއްފަރާތް ކުރާށެވެ
 - އެހެން ތެއްޔަކަށް ކެރެޓު އެޅުމަށް ފަހު، ކިރުއަޅައި، މަތިޖަހައިގެން މަޑު ގިނީގައި ކައްކަމުން ދާށެވެ. ކިރުފޮދު ހިނދެންފެށުމުން ބާކީ ހުރި ގިތެޔޮ އަދި ހަކުރު މީގެ ތެރެއަށް އަޅާފައި، ހަކުރުކޮޅު ރަނގަޅަށް ވިރެންދެން ކައްކާށެވެ.
 - ކިރުކޮޅު ހިނދެން ފެށުމުން ކުރިން ތެލުލި ކެޝޫކޮޅު އަޅައި ރަނގަޅަށް އެއްކޮށްލާށެވެ.
 
			ޑޮލަރުތައް ފޭރުނު މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފި
		
			ނޮވެމްބަރު 3ގެ ޝަރަފުގެ އައްޑަނަ ރައީސް މައުމޫނަށް އަރުވައިފި
		
			ކޮޅުވެއްޓި ހާދިސާގައި ސީރިއަސްވި ދިވެހި ޒުވާނާ ވެސް މަރުވެއްޖެ