އިމްޕޯޓް ޑިއުޓީން ކަސްޓަމަށް ލިބުނު އާމްދަނީ ޖެހިޖެހިގެން ދެވަނަ މަހު ވެސް ދަށަށް ހިނގައްޖެ އެވެ.
ކަސްޓަމްސް އިން އިއްޔެ އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ޖެނުއަރީ މަހު ކަސްޓަމަށް އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 287 މިލިއަން ރުފިޔާ އެވެ. އޭގެ ކުރީ މަހު ލިބުނީ 301 މިލިއަން ރުފިޔާ އެވެ.
ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުން މިދިޔަ ޖެނުއަރީމަހު އިމްޕޯޓް އެކްސްޕޯޓްއިން އާމްދަނީގެ ގޮތުގައި 287 މިލިޔަން ރުފިޔާ ލިބުނުއިރު، މިދިޔަ އަހަރުގެ ޖެނުއަރީމަހު 373 މިލިޔަން ރުފިޔާގެ އާމްދަނީއެއް ކަސްޓަމްސްއަށް ލިބިފައިވެ އެވެ.
ކަސްޓަމަށް ލިބޭ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ޗައިނާއާއެކު ހަދާފައިވާ ފްރީ ޓްރޭޑް އެގްރިމަންޓްގެ ސަބަބުން ކަމަށް އިގްތިސާދީ ތަޖުރިބާކާރުން ވިދާޅުވެ އެވެ. ޗައިނާއަކީ ރާއްޖެއަށް ދެވަނަ އަށް އެންމެ ގިނަ މުދާ އެތެރެކުރާ ގައުމެވެ. މީގެ އިތުރުން ސިނގިރޭޓުގެ ޑިއުޓީ ޑިސެމްބަރު މަހު ބޮޑުކުރުމުން އެތެރެކުރާ މިންވަރު މަދުވުމަކީ ވެސް ކަސްޓަމަށް ލިބޭ އާމްދަނީ މަދުވި ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ތަޖުރިބާކާރުން ވިދާޅުވެ އެވެ.
އިމްޕޯޓް އެކްސްޕޯޓްގެ ތަފާސްހިސާބުތަކުން ދައްކާގޮތުން މިދިޔަ ޖެނުއަރީމަހު ރާއްޖެއަށް 5.2 ބިލިޔަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، މިދިޔަ އަހަރުގެ ޖެނުއަރީމަހު އެތެރެކޮށްފައިވަނީ 5.1 ބިލިޔަން ރުފިޔާގެ މުދަލެވެ. އަދި މިދިޔަ ޖެނުއަރީމަހު 144 މިލިޔަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވާއިރު، އޭގެ ކުރީ ޖެނުއަރީމަހު 173 މިލިޔަން ރުފިޔާގެ މުދާ ވަނީ އެކްސްޕޯޓްކޮށްފަ އެވެ. މިއީ 16 އިންސައްތައިގެ ދަށްވުމެކެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ ޖެނުއަރީމަހު ރާއްޖެއިން އެންމެ ގިނައިން ފައިސާ ޚަރަދުކޮށްފައިވަނީ ތެލުގެ އެކި ބާވަތްތައް އެތެރެ ކުރުމަށެވެ. އެގޮތުން މިދިޔަ ޖެނުއަރީމަހު ތެޔޮ އެތެރެކުރުމަށް 728 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވެ އެވެ.
ޖެނުއަރީމަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކުރި ގައުމުތައް:
- އިންޑިއާ - 1045 މިލިއަން ރުފިޔާ
 - ޗައިނާ - 1043 މިލިއަން ރުފިޔާ
 - ޔޫއޭއީ - 1006 މިލިއަން ރުފިޔާ
 - މެލޭޝިއާ - 421 މިލިއަން ރުފިއާ
 - ސިންގަޕޫރު - 332 މިލިއަން ރުފިޔާ
 
			ބަޑި ބުރާސްފަތި: ބޭރުގެ ހަބަރުތަކުގެ ފަލަ ސުރުހީތަކުން!
		
			ކަނޑިއާއި ބަޑިން ހަމަލާ ދިން ދުވަސް ފާއިތުވެއްޖެ!
		
			"ކަލް ހޯ ނަ ހޯ"ގައި މަސައްކަތް ކުރުމުގެ ތަޖުރިބާ ހިއްސާ ކޮށްފި