މާލޭގެ އެކި ހިސާބުތަކުން ބަލިވެ އަދި މަރުވެފައިހުރި ކޮތަރު ފެންނާތީ އެކަން ބަލަން ފަށައިފި އެވެ.
ޖަނަވާރުތަކާ ބެހޭ މިނިސްޓްރީން ބުނީ އެ މިނިސްޓްރީގެ ސަމާލުކަމަށް އެކަން އައިސްފައިވާތީ ކޮތަރުތައް ބަލިވެ ނޫނީ މަރުވާ ސަބަބު ދެނެގަތުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
އަދި މިކަން ދެނެގަނެވުނުހާ އަވަހަކަށް އެކަމުގެ މައުލޫމާތު ހިއްސާކުރާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން އާންމުކޮށްފައިވާ ފޮޓޯތަކުގައި ކޮތަރުގެ ތުންގަނޑު އަދި ލޯ ކައިރީގައި އެއްޗެހިތަކެއް ނަގައިފައި ހުރެ އެވެ.
މި ބަލީގައި މަރުވީ ކިތައް ކޮތަރު ކަމެއް އަދި ނޭނގެ އެވެ.
ރެޕް ލަވަކިޔުންތެރިޔާ ސެންޓްރަލް ސީ އިސްލާމްވެއްޖެ
ދިރާގު ރޯދަ ރެޑީ ޕްރޮމޯޝަންގެ ދެވަނަ ހަފްތާގެ ނަސީބުވެރިނަކީ މިއީ
ހަކުރު ބައްޔާއެކު ލޭ ހަދިޔާ ކުރެވޭނެތަ؟
