މިއަދު ބޭއްވި ނ. ލަންދޫ ކައުންސިލްގެ ގޮނޑި ވެރިކަންކުރާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ.
ލަންދޫ ކައުންސިލްގެ ގޮނޑި ޕީއެންސީން ކާމިޔާބު ކުރިޔަސް ހދ. މަކުނުދޫ ކައުންސިލްގެ ބައި އިލެކްޝަން އެ ޕާޓީއަށް ކާމިޔާބެއް ނުކުރެވުނެވެ. އެ ބައި އިލެކްޝަން ކާމިޔާބުކުރީ އަމިއްލަގޮތުން ވާދަކުރެއްވި ކެންޑިޑޭޓް އިބްރާހީމް މުހައްމަދެވެ.
ލަންދޫ ކައުންސިލަށް ވާދަކުރި ޕީއެންސީގެ ކެންޑިޑޭޓް އާތިފާ މޫސާއަށް 326 ވޯޓު ލިބުނުއިރު، އެމްޑީޕީގެ ކެންޑިޑޭޓް ފާތިމަތު ރިޔާޝާއަށް ލިބުނީ 289 ވޯޓެވެ.
މީގެކުރިން ބޭއްވި ލަންދޫ ކައުންސިލްގެ ފުރަތަމަ ބައި އިލެކްޝަން ކާމިޔާބުކުރީ އެމްޑީޕީގެ ކެންޑިޑޭޓް އަބްދުﷲ އާރިފެވެ.
މިއަދު ޖުމްލަ 12 ރަށުގެ ބައި އިލެކްޝަން ބޭއްވިއިރު، ޕީއެންސީން ވަނީ އަށް ރަށުގެ ބައި އިލެކްޝަން ކާމިޔާބުކޮށްފައެވެ.
ވޯލްޑް ކަޕް: ފޯރިގަދަ ލަވަތަކުގެ ތެރެއިން ގަދަ 10!
އެމެރިކާ ދެވަނަ ބުރަށް، ދެ މެޗުން ބަލިވެ ތުރުކީ ކަޓައިފި
ސްކޭމްގެ މައްސަލަތަކުގައި މިހާތަނަށް 33 މިލިއަން ގެއްލުނު
