ރައީސް މުހައްމަދު މުއިއްޒު އާއި މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲގެ ގުޅުން ގޯސްވެ، އަބްދުއްރަހީމްގެ މީހުން ސަރުކާރުގެ މަގާމުތަކުން ވަކި ކުރަމުންދާއިރު، ޓޫރިޒަމް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ މިއަދު މަގާމުން ވަކި ކޮށްފި އެވެ.
ސިވިލް ސާވިސް ކޮމިޝަނުން އެކަން ރަސްމީކޮށް ހާމަނުކުރި ނަމަވެސް ލ. ފޮނަދުއަށް ނިސްބަތްވާ ފާތިމަތު ޝައުފާ އެ މަޤާމަށް އައްޔަންކުރިތާ މަހެއް ނުވަނިސް މިއަދު ވަކިކޮށްފައިވާކަން ވަނީ އަންގާފަ އެވެ.
ޝައުފާ އެ މަގާމަށް ހަމަޖައްސާފައިވަނީ ނިމުނު ޖަނަވަރީ މަހުގެ ހަ ވަނަ ދުވަހު އެވެ.
ޓޫރިޒަމްގެ ޕީއެސް ވަކިކޮށްފައިވާ އިރު، ނިމިދިޔަ ހަފްތާގައި އަބްދުއްރަހީމްގެ ދަރި ފައިސަލް އިބްރާހިމް ވަނީ ޓޫރިޒަމް މިނިސްޓަރުގެ މަގާމުން ވަކިކޮށްފަ އެވެ. މީގެ އިތުރުން ރޭގެ ވަގުތެއްގައި ވަނީ އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމްވެސް ވަކިކޮށްފަ އެވެ. ވަޖީހަކީ އަބްދުއްރަހީމްގެ ދަނބިދަރީގެ ބައްޕަ އެވެ.
ރައީސް މުއިއްޒުގެ ސަރުކާރުގައި ގިނަ އަދަދަކަށް އަބްދުއްރަހީމްގެ އާއިލާ މީހުނާއި އޭނާގެ ދާއިރާ ފޮނަދޫ މީހުން ހިމެނޭކަން ފާހަގަކޮށްލެވެ އެވެ.
މޮޅާއެކު ބްރެޒިލް ފާޑުކިއުންތަކަށް ރައްދު ދީފި
މެކްސިކޯ ވޯލްޑް ކަޕްގެ ދެވަނަ ބުރަށް
"3 އިޑިއަޓްސް" ސީކުއަލްގެ ވާހަކަ ހާމަކޮށްފި
ހޭވައްލާ