ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިންއަށް ކޮވިޑާ ދެކޮޅަށްދިން ވެކްސިން ސިއްރުކޮށްފި އެވެ.
ރަޝިއާގެ ކްރެމްލިން އިން ބުނިގޮތުގައި ރައީސް ޕުޓިން އިއްޔެ ޖެއްސެވީ ރަޝިއާއިން ހަދާފައިވާ ކޮން ވެކްސިންނެއްކަން ހާމަ ނުކުރީ ގަސްތުގައި ކަމަށެވެ.
"ރައީސް ޖައްސަވަނީ ކޮން ވެކްސިންނެއް ކަން ހާމަނުކުރީ ގަސްތުގައި. ރަޝިއާއިން ހަދާފައިވާ ތިން ވެކްސިނަކީ ވެސް ރައްކާތެރި ރަނގަޅު ވެކްސިންތައް،" ކްރެމްލިންގެ ސްޕޯކްސްޕާސްން ޕެސްކޮވް ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި ޕުޓިން އިއްޔެ ހަވީރު ވަނީ ރަޝިއާއިން ހަދާފައިވާ ކޮންމެ ވެސް އެއް ވެކްސިންނެއްގެ ފުރަތަމަ ޑޯޒު ޖައްސަވައިފަ އެވެ.
މީގެ އިތުރުން އެ ގައުމުން ބުނީ ޕުޓިން މިހާތަނަށް ރަޝިއާގެ ވެކްސިންތަށް ކުރިއެރުވުމަށް ގިނަ ކަންކަން ކުރައްވާފައިވާ ކަމަށެވެ. ހާއްސަކޮށް އެ ގައުމުގެ ސްޕުޓްނިކް ވީ ވެކްސިން މީގެ ތެރޭގައި ހިމެނެ އެވެ. ރަޝިއާއިން ވަނީ ސްޕުޓްނިކް ވީގެ އިތުރުން އެ ގައުމުން ހަދާފައިވާ އެޕިވެކްކޮރޯނާ އާއި ކޮވިވެކް ވެކްސިން އެމަޖެންސީ ހާލަތުގައި ބޭނުން ކުރުމުގެ ހުއްދަ ދީފަ އެވެ.
ވިއްސާރައިގައި އިންޑިއާއިން 100 އަށްވުރެ ގިނަ މީހުން މަރުވެއްޖެ
"ސްޕައިޑަ-މޭން: އަ ބްރޭންޑް ނިއު ޑޭ"އަށް 1 ބިލިއަން ޑޮލަރު!
ކައިޒީން އޭނާގެ ކޮއްކޮއަށް ލަގްޒަރީ އެޕާޓްމަންޓެއް ގަނެދީފި
