ހުޅުމާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓް ކެނޑިއްޖެ އެވެ.
ސްޓެލްކޯއިން ބުނީ ހުޅުމާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓް ކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ.
ހުޅުމާލޭގެ ދެ ފިޔަވަހީގެ އެކި ސަރަހައްދުތަކުން ވަނީ ކަރަންޓް ކެނޑިފަ އެވެ. ދެވަނަ ފިޔަވަހިން ކަރަންޓް ކެނޑުނު ތަންތަނުގެ ތެރޭގައި ހިޔާގެ ބައެއް ޓަވަރުތަކާއި އެމްޕީއެލްގެ ތިން ޓަވަރު ހިމެނެ އެވެ.
ސްޓެލްކޯއިން ބުނީ މައްސަލަ ދެނެގަނެ ވީ އެންމެ އަވަހަކަށް އެ މައްސަލަ ހައްލުކޮށް ހިދުމަތް މެދުކެނޑިފައިވާ ސަރަހައްދުތަކަށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތް ދަނީ ކުރެވެމުން ކަމަށެވެ.
ސްޓެލްކޯގެ އޮފިޝަލަކު ވިދާޅުވީ ބެލެވޭގޮތުގައި ކޭބަލަކަށް ވަނީ ގެއްލުންވެފަ އެވެ.
ގަދަފަދަ ކްރޮއޭޝިއާ ބަލިކޮށް ޕޯޗުގަލް ދެމިގެންފި
ޔުކްރޭންގެ ނޫޑްލްސް އަކުން ޔޫރަޕްގައި ސަލްމޮނެއްލާ ފެތުރެނީ
އާދައިގެ ބޮލު ރިހުމެއްތަ ނޫނީ މައިގްރޭންއެއް ތަ؟
