އުމްރާގެ އަޅުކަމަށް ސައުދީއަރަބިޔާއަށް ދިޔަ ދިވެއްސަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ގެއްލިގެން ހޯދަމުން އަންނަނީ ޔަލަމްލަމް ޖަމާއަތުގެ ހަވާލުގައި އުމްރާއަށް ދިޔަ ފުވައްމުލައް ސިޓީ، ދޫޑިގަން، ސްޓެއްލާ، ހުސައިން މުހައްމަދު ދީދީ އެވެ.
އުމުރުން 63 އަހަރުގެ ހުސައިން މުހައްމަދު ދީދީ ގެއްލިފައި ވަނީ އުމްރާގެ އަޅުކަން ފުރިހަމަކުރުމަށް ސަޢީ ކުރަނިކޮށް ކަމަށް އެ ޖަމާއަތުން ބުންޏެވެ.
ގެއްލުނުއިރު އޭނާ ހުރީ އުމްރާގަ އެވެ. އަދި ކަރުގައި އެ ޖަމާއަތުގެ ފާސް ވެސް އަޅާފައި އޮންނާނެ ކަމަށް ޔަލަމްލަމް ޖަމާއަތުން ބުންޏެވެ.
ހުސައިން މުހައްމަދު ދީދީ ހޯދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކާ ގުޅިގެން އެ ޖަމާއަތުން އަންނަނީ ކުރަމުންނެވެ.
މާ ގިނައިރު އޭސީގައި އުޅޭނަމަ ދިފާއީ ނިޒާމު ބަލިކަށިވޭ!
ރައްޓެއްސަކާއެކު ހިނގާލުމުން ގިނަ ފައިދާތަކެއް!
ރައީސް މުއިއްޒު ކޮންމެ ހޯމަ ދުވަހަކު ނޫސްވެރިންނާ ބައްދަލުކުރަނީ
