ގަވާއިދާ ހިލާފަށް ރާއްޖެއަށް އެތެރެވި މަސް ބޯޓެއް އެމްއެންޑީއެފް އެއާ ކޯގެ ޑްރޯންގެ އެހީގައި ހޯދައިފި އެވެ.
އެމްއެންޑީއެފް އިން ބުނީ ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމަށް ހިންގި އޮޕަރޭޝަނެއްގައި އެ ބޯޓު އަތުލައިގަތުމަށްފަހު، ކޯސްޓްގާޑްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
އެ ބޯޓާ ގުޅޭ އެއްވެސް ތަފްސީލެއް އެމްއެންޑީއެފް އިން ހާމައެއްނުކުރެ އެވެ.
މިއީ ޑްރޯން ބޭނުންކޮށްގެން ބޯޑެއް ހޯދި ދެވަނަ ފަހަރެވެ. ޑްރޯންގެ އެހީގައި މިދިޔަ ނޮވެމްބަރު 16, ގައި ވެސް ގަވާއިދާ ހިލާފަށް ރާއްޖެއަށް އެތެރެވި ބޭރުގެ މަސް ބޯޓެއް ސިފައިން އަތުލައިގަތެވެ.
އެމްއެންޑީއެފްގެ އެއާކޯ ގާއިމްކޮށް އެތަނަށް ބޭނުންވާ ޑްރޯން ގަނެފައި ވަނީ ތުރުކީންނެވެ. އެކަމަށް ދައުލަތުގެ ބަޖެޓުން 37 މިލިއަން ޑޮލަރު ހޭދަކޮށްފައިވެ އެވެ.
މާލޭ ހިޔާ އެކެއްގެ 5 ވަނަ ފްލޯއިން މީހަކު ވެއްޓިގެން ފަރުވާދެނީ
އެޕްސްޓީން ފައިލް ތަކުން ހާމަވި ބިރުވެރި ބައެއް ހަގީގަތްތައް!
މާ ގިނައިރު އޭސީގައި އުޅޭނަމަ ދިފާއީ ނިޒާމު ބަލިކަށިވޭ!
